އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި 19 ސްކޫލަކުން 42 ޓީމް ބައިވެރިވެއްޖެއެވެ. މި މުބާރާތް ފަށަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.
އަންހެން އަދި ފިރިހެން ޑިވިޜަން ހިމެނޭ، މި މުބާރާތުގައި ބައިވެރިވީ މާލޭގެ ދިހަ ސްކޫލަކުންނާއި އަތޮޅުތެރޭގެ ނުވަ ސްކޫލަކުންނެވެ. މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރުފުރައަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށެވެ.
އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތް މި އަހަރު ބާއްވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެންމެ ފަހުން މި މުބާރާތް ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ އަހަރު އެންމެ ގިނަ ތަށީ ގެންދިޔައީ ފީއަލީގައި ހުންނަ ފ. އަތޮޅު މަދަރުސާއިންނެވެ. އެ މަދަރުސާއިން ވަނީ ސާދަ އަހަރުން ދަށުގެ ދެ ޑިވިޜަންގެ ޗެމްޕިއަނުންގެ އިތުރުން ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެޕްޕިއަންކަން ވެސް ހޯދާފައެވެ. އެ ސްކޫލުން ބައިވެރިވި އުމުރުފުރާގެ ތެރެއިން ބަލިވީ ސޯޅަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިންނެއެވެ. އެ އުމުރު ފުރައިގެ ޗެމްޕިއަނުންނަކީ ބ. ގޮއިދޫ ސްކޫލެވެ.
advertisment
ހިޔާލު