މާލެ ސަރަޙައްދު ފުރަބަންދު ކުރުމާ ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިރޭ ބުނީ މިއަދު ހަވީރު 3:30ން ފެށިގެެން ސައުވީސް ގަޑިއިރަށް މާލެ ފުރަބަންދު ކުރުމާ ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެމުން ދަނީ ޓެލިކިލާސްތަކާއި ގޫގުލް ކުލާސްތައް މެދުވެރިކޮށެވެ.
އެލްކޭޖީން ފެށިގެން ގުރޭޑް 11އާ ހަމައަށް ޓެލިކިލާސް ކުރިއަށް ގެންދިޔައެވެ.
ގުރޭޑް 11 އާއުި ހަތެއް އަދި އަށެއް ގެ ދަރިވަރުންނަށް ޓެލިކިލާސް ކުރިއަށް ގެންދިޔައީ ދިވެހި ޗެނަލުންނެވެ. ގުރޭޑް 10އާއި ނުވައެއްގެ އިތުރުން ގުރޭޑް ހަޔަކުން ދަށުިގެ ގުރޭޑްތަކަށް ޓެލިކިލާސް ކުރިއަށް ގެންދިޔައީ ޕީއެސްއެމްގެ މުއްނާރު ޓީވީއާއި ޔެސްޓީވީންނެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ހުޅުވޭނެ ދުވަހެއެް ިއުލާން ކޮށްފައެއް ނުވެއެވެ. މެދުޓާމް ބްރޭކަށް ބަންދު ކުރި ފަހުން އަދި ސްކޫލްތައް ނުހުޅުވައެވެ.
advertisment
ހިޔާލު