"ފިލާ" ޕޯޓަލް މެދުވެރިކޮށް ހުރިހާ ފިލާވަޅެއް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް މިނިސްޓްރީން އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީ ބުނީ ދަރިވަރުންގެ ފިލާވަޅުތައް ކޮންމެ ގަޑިއެއްގައިވެސް ފިލާ ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ ކަމަށާއި، މި ޕޯޓަލް އިން ހުރިހާ ގުރޭޑެއްގެ ޓެލިކިލާސްތައްވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި ހުރިހާ ގްރޭޑްތަކުގެ ފިލާވަޅުތަކުގެ މަޢުލޫމާތު ޝީޓުތަކާއި، ޕްރެޒެންޓޭޝަނާއި، ފިލާވަޅު ދޭހަކޮށްދޭ ކްލިޕްތައް ވެސް ފެންނާނެ ކަމަށް.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވާއިރު، ޓެލިކިލާސްތަކާއި ގޫގުލް ކުލާސް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައި ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެލްކޭޖީން ފެށިގެން ގުރޭޑް އެގާރައާ ހަމައަށް ޓެލިކިލާސްތައް ކުރިއަށް ގެންދާއިރު، ގުރޭޑް ހަތެއް، އަށެއް އަދި އެގާރައިގެ އިތުރުން އެލްކޭޖީ ކުދިންނަށް ޓެލިކިލާސް ގެންދަނީ ދިވެހި ޗެނަލުންނެވެ. ދެން ހުރި ގުރޭޑްތަކަށް ޓެލިކިލާސް ކުރިއަށް ގެންދަނީ ޕީއެސްއެމްގެ ޔެސްޓީވީއާއި މުއްނާރު ޓީވީންނެވެ.
ކޮވިޑް 19އާ ގުޅިގެން އޮންލައިންކޮށް ކިޔަވައި ދިނުމަށް، ދިރާގުން ވަނީ ދަރިވަރުންނާއި މުދައްރިސުންނަށް 5ޖީބީ ގެ ޑޭޓާ ހިލޭ ދީފައެވެ.
advertisment
ހިޔާލު