ފައުންޑޭޝަން ލެވެލްގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ " ކޮއްކޮމެންގެ ޓެލިކިލާސް" ގެ ފުރަތަމަ ކިލާސް މިއަދު ފަށާނެއެވެ. މިއަދު އޮންނާނީ އިނގިރޭސި ކިލާހެވެ.
ދިވެހި ޗެނަލުން މި ކިލާސް ގެނެސްދޭނީ ހަވީރު 5:30ން 6:00އަށެވެ. މިއީ ކީސްޓޭޖް އުމުރަށްވުރެ ދަށް އުމުރުގެ ކުދިންނަށް ކުރިއަށް ގެންދާ ކިލާސްތަކެކެވެ. މި ކިލާސްތައް ކޮންމެ ހަފުތާއަކު ހޯމައިން ބުރާސްފައްޗަށް ކުރިއަށް ގެންދާނެއެވެ. މި ކިލާހުގައި މިހާރު ކުރިއަށް ގެންދާނީ އަކުރުތައް ދަސްކޮށްދިނުމަށެވެ.
އިނގިރޭސި ކިލާހުގައި ދަސްކޮށްދޭނީ "އެސް" އަކުރު ދަސްކޮށްދިނުމެވެ. މާދަމާ އޮންނަ ދިވެހި ކިލާހުގައި ދަސްކޮށްދޭނީ "ކ" އެވެ. ބުރާސްފަތި ދުވަހު އޮންނަ އަރަބި ކިލާހުގައި ކިޔަވައިދޭނީ "އަލިފް" އެވެ. އަންނަ ހޯމަ ދުވަހު އޮންނަ ހިސާބު ކިލާހުގައި އޮންނާނީ 1-5 އަށް ނަންބަރު ދަސްކޮށްދިނުމެވެ. އަންގާރަ ދުވަހު އޮންނަ ދިވެހި ކިލާހުގައި އޮންނާނީ ތާނަ އަކުރު "އ" ދަސްކޮށްދިނުމެވެ.
ފައުންޑޭން ކުދިންނާއި، ގުރޭޑް11އާއި ގުރޭޑް އަށެއް އަދި ހަތެއްގެ ދަރިވަރުންނަށް ޓެލިކިލާސް ގެނެސްދެނީ ދިވެހިޗެނަލުންނެވެ. މީޑިއާނެޓުން ދިވެހި ޗެނަލް ފެންނާނީ 121ން ނެވެ.
ޕީއެސްއެމްގެ ޔެސްޓީވީއާއި މުންނާރު ޓީވީންވެސް ދަނީ ހުރޭޑް 10އާއި ނުވައެއްގެ ދަރިވަރުންނަށް ޓެލިކިލާސް ގެނެސްދެމުންނެވެ.
advertisment
ހިޔާލު