އެމްއެންޔޫއެސްޔޫގެ ފުޓްސަލް ފިއެސްޓާ: ދެ ޑިވިޜަނުގެ ޗެމްޕިއަންކަން ވެސް ބިޒްނަސް ސްކޫލަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިމްތިޒާމްކުރި ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން، ދެ ޑިވިޜަނުން ވެސް އެ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުން ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި ފިރިހެނުންގެ ޑިވިޜަނުގައި ކުޅުނީ ބިޒްނަސް ސްކޫލާއި މޯލްޑިވްސް ޕޮލިޓެކްނިކެވެ. އަންހެނުންގެ ޑިވިޜަންގެ ފައިނަލުގައި ކުޅުނީ ކްލިކް ކޮލެޖާއި ބިޒްނަސް ސްކޫލެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 8 އަޙްމަދު ރިޔުޝާނެވެ. އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 11 ފިރުޝާނާ ނަޞީރެވެ.

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

އަޙްމަދު ރިޔުޝާން –  އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

މުޙައްމަދު އަނާން، – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

މުޙައްމަދު ނާބިތު ޙުސައިން – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

އަނޫފް އަޙްމަދު – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

ޙުސައިން މައިޝަން – މޯލްޑިވްސް ޕޮލިޓެކްނިކް

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

ފިރުޝާނާ ނަޞީރު – އެމްއެންޔޫ ބިޒްނަސް ސްކޫލް

އާޔާ އަޙްމަދު އަބޫބަކުރު – އެމް.އެން.ޔޫ ބިޒްނަސް ސްކޫލް

މަރިޔަން ފޯސީތޭ ރޮވީނާ، – ކުލިކް ކޮލެޖް

ޝީނީޒް މުޙައްމަދު – ކްލިކް ކޮލެޖް

މަރިޔަމް މިރުފަތު – ކްލިކް ކޮލެޖް

މި މުބާރާތް ބާއްވާތާ ނުވަ އަހަރު ވެފައިވާއިރު، އަންހެން ޑިވިޝަނުގެ ތަށި ދެ ފަހަރު، އަދި ފިރިހެން ޑިވިޜަންގެ ތަށި ހަތަރަ ފަހަރު ބިޒްނަސް ސްކޫލުން ހޯދާފައިވެއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *