ކޮވިޑް19އާ ގުޅޭގޮތުން ތެދު މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން

ކޮރޯނާ ވައިރަސް ބަލިން (ކޯވިޑް-19 އިން) ފަރުދުންނާއި، ޢާއިލާތަކާއި، މުޖުތަމަޢު ރައްކާތެރިކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާ މިދަނޑިވަޅުގައި، ކިޔަވާ ކުދިންނަށް އުނގެނުމުގެ މާހައުލެއް ޤާއިމްކޮށްދިނުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި އެ ކުދިންނަށް ހިތްވަރާއި، އުފާވެރިކަމާއި، އިހުތިރާމް ލިބޭ، ހުރިހާ ކުދިންވެސް ޝާމިލުވާ ވެށްޓެއްގެ ގޮތުގައި އުނގެނުމުގެ މާޙައުލު ޤާއިމްކުރުމަކީވެސް މުހިންމުކަމެކެވެ.

ސްކޫލާއި ޓީޗަރުން މިކަމުގައި މުހިއްމު ދައުރެއް އަދާކުރެއެވެ. ކޯވިޑް-19 އާ ގުޅޭގޮތުން، ސައިންސުން ހެކިދޭ ތެދު މަޢުލޫމަތު ފޯރުކޮށްދިނުމުން، ދަރިވަރުންނަށް މި ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެދާނެ ބިރުވެރިކަން ނުވަތަ ހާސްކަން ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. އަދި ކުދިންގެ ދިރިއުޅުމަށް އައިސްދާނެ ލޮޅުމަކުން އަރައިގަތުމުގައި ހިތްވަރު ލިބިގެންދާނެއެވެ. މިލިޔުމުގައި މިވަނީ، އެކި އުމުރުފުރައިގެ (ޕްރީސްކޫލް، ފަށާ ތަޢުލީމް، ޘާނަވީ ތަޢުލީމް، މަތީ ޘާނަވީ ތަޢުލީމް) ކުދީންނަށް ކޯވިޑް-19 އާއި މިފަދަ އެހެނިހެން ވައިރަހުން ރައްކާތެރިވެ ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅިދާނެ އެކި ގޮތްތަކާ ބެހޭ ގޮތުން، ޓީޗަރުން ކުދިންނާއި މުޢާމަލާތް ކުރެވިދާނެ ގޮތްތަކެވެ. ދަރިވަރުންނާއެކު ހިންގޭ އެއްވެސް ޙަރަކާތަކީ، ކުދިންގެ އެކި ބޭނުންތަކަށް އެކަށީގެންވާ، އަދި ސްކޫލާއި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އުސޫލުތަކާ އެއްގޮތްވާ އަދި ޔުނިސެފް އާއި ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ފަދަ އިތުބާރުހުރި އިދާރާތަކުން ފޯރުކޮށްދޭ މަޢުލޫމާތުގެ އަލީގައި ކުރިއަށް ގެންދެވޭ ޙަރަކާތްތަކެއްކަމުގައި ވާންވާނެއެވެ.

ޕްރީސްކޫލް

– ދުޅަހެޔޮ ޞިއްޙީ އާދަތަކަށް އަހުލުވެރިކުރުވުމަށް އިސްކަމެއް ދޭންވާނެއެވެ. މިގޮތުން، ކެއްސައި، ކިނބިހި އަޅާއިރު އަނގަ ނިވާކުރުމަށް އުޅަނބޮށި ބޭނުންކުރާނެ ގޮތާއި އަތްދޮންނާނެ ގޮތް ކިޔައި ދެވިދާނެއެވެ.
– ކުދިން ކޮރޯނާ ވައިރަސް އާއި އެހެނިހެން ބަލިމަޑުކަމުން ރައްކާތެރިކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެއްގޮތުގައި، 20 ސިކުންތު ވަންދެން ގަވާއިދުން އަތް ދޮންނަން ހިތްވަރުދޭށެވެ. އަދި ކުދިން ފިކުރުބޮޑުވާ ގޮތަށް ކިޔައިދިނުމުގެ ބަދަލުގައި، އެކުދީންނަށް ހިތްހަމަޖެހުން ލިބޭނެފަދަ ގޮތަކަށް ކިޔައިދޭށެވެ. ލަވައާއި ނެށުމުގެ ތެރެއިން މިކަމަށް ހިތްޖެހޭނެ ފަދަ ގޮތަކަށް މިކަން ކުރެވިދާނެއެވެ.
– ކުދިން އަތްދޮންނަނީ ކިހިނެތްތޯ ބެލޭނެ އިންތިޒާމެއް ހަމަޖައްސައި އަދި އާދަކޮށް އަތްދޮންނަ ކުދިންނަށް އެކަމުގެ އަގުވަޒަންކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ދެނެގަންނާށެވެ.
– ކުޅޭކުޅޭ ބުދެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ބަލީގެ ޢަލާމާތްތައް (ކިނބިހި އެޅުން، ކެއްސުން، ހުން އައުން) ދައްކާލައި، ނުވަތަ ބަލިވުމުން ކަންކުރާނެ ގޮތް (ބޮލުގައި ރިއްސައިފިނަމަ، ބަނޑުގައި ރިއްސައިފިނަމަ، ނުވަތަ ހުންގަދަވެ، ވަރުބަލިވާނަމަ)، އަދި ބަލިވެފައިވާ މީހާއަށް އަޅާލެވިދާނެ ގޮތްތައް (މީހުންނަށް އަޅާލުމުގެ ސިފަ އަށަގަންނުވައި، ހަމްދަރުދީވާން ދަސްކޮށްދިނުން) ކިޔައިދެވޭނެއެވެ.
– ކުދިން ކްލާހުގައި ވަށްބުރަކަށް އިށީންނަން ޖެހޭ ވަގުތުތަކުގައި (ސާރކަލް ޓައިމް) ގައި، އަތް ދަމާލާފައި ނުވަތަ ދޫންޏެއް ގޮތުގައި ފިޔަޖަހައިގެން އަތް ދަމާލަން ކިޔާލަދޭށެވެ. މިގޮތަށް ކަންތައްކުރުމުން ، އެއް ކުއްޖެއް އަނެއް ކުއްޖެއްގެ ގައިގައި ނުޖެހޭ ގޮތަށް ދުރުވެގެން ތިބެން ދަސްވެގެންދާނެއެވެ.

ފަށާ ތަޢުލީމަށް ކިޔަވައިދޭ ސްކޫލް

– ކުދިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކުދިން ކުރާ ސުވާލުތަކަށް އެކުދިންގެ ޢުމުރާ އެންމެ އެކަށޭނެ ގޮތަށް ޖަވާބު ބައްޓަން ކުރުން ވަރަށް މުހިއްމެވެ. މިގޮތުން، އެކުދިންނަށް މަޢުލޫމާތު ދިނުމުގައި އެކުދި ންނަށް ނަގައިނުގަނެވޭނެހާ ގިނައިން މަޢުލޫމާތު ނުދޭށެވެ. އެކުދިންގެ އިހުސާސްތަކާއި ބެހޭގޮތުން ސުވާލުކޮށް ވާހަކަދައްކައި، މި އިހުސާސްތަކަކީ އާދަޔާޚިލާފް ދަނޑިވަޅުތަކުގައި އައިސްދާނެ ކަމެއްކަން ވިސްނައިދޭށެވެ.
– ކުއްޖާއާއި އެހެން މީހުންގެ އަމިއްލަ ރައްކާތެރިކަމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުންނަކަން ކިޔައިދޭށެވެ. މިސާލަކަށް، އިޖުތިމާޢީ ގައިދުރުކަން )ސޯޝަލް ޑިސްޓެންސިންގ: ރައްޓެހިންނާ ދުރުގައި ހުރުން، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން، ބޭނު ން ނެތް ގޮތުގައި އެހެން މީހުން ގައިގައި ނުބީހުން) އަދި ކެއްސައި، ކިނބިހި އަޅާއިރު އުޅަނބޮށި ބޭނުންކޮށްގެން އަނގަ ނިވާކުރާނެގޮތާއި އަތްދޮވުން ފަދަ ސިއްޙީ ދުޅަހެޔޮ އާދަތައް ކިޔާދެވިދާނެއެވެ.
– ބަލި ފެތުރުމާއި ކޮންޓްރޯލް ކުރުމާ ބެހޭ މަޢުލޫމާތު ކުދިންނަށް އިނގޭނެހެން ކިޔައިދޭށެވެ. ޖަރާސީމު ފެތުރޭ ގޮތްތައް މިސާލީ ކަންކަމުން ދައްކައިގެން ކިޔާދޭށެވެ. މިސާލަކަށް، ކުލަފެން ސްޕްރޭ ފުޅިއަކަށް އަޅައި، ހުދު ކަރުދާސް ގަނޑަކަށް ސްޕްރޭކޮށްލުމުން ކުލަފެން ފެތުރިގެންދާ ގޮތް ދައްކާލެވިދާނެއެވެ.
– 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތް ދޮވުމަކީ ކިހާ މުހިއްމުކަމެއްކަން މިސާލަކުން ކިޔައިދޭށެވެ. މިސާލަކަށް، ދަރިވަރުގެ އަތަށް ވިދާ ކުނޑިކޮޅެއް އަޅާފައި، ފެންފޮދަކުން އަތް ދޮއްވާފައި، ވިދާ ކުނޑިކޮޅު އަތުގައި ހުރި މިންވަރު ބަލައިލެވިދާނެއެވެ. އަދި 20 ސިކުންތުވަންދެން ސައިބޯންޏާއި ފެން ލައިގެން އަތް ދޮވުމުން، ވިދާ ކުނޑިކޮޅު ފިލައިގެންދާގޮތް ދައްކައިލެވިދާނެއެވެ.
– ބަލިމަޑުކަމަށް ހުށަހެޅޭނެ ޢަމަލުތައް އަންގައިދޭ މަޢުލޫމާތު ދަސްކުރުވައި، އެފަދަ ޢަމަލުތަކަށް ހެޔޮ ބަދަލެއް ގެނެވިދާނެ ގޮތްތައް ކިޔައިދޭށެވެ. މިސާލަކަށް، ޓީޗަރަކު ރޯގާ ޖެހިގެން ހުރެ ސްކޫލަށް ހާޒިރުވެދާނެއެވެ. އެ ޓީޗަރު އަނގައިގައި އަތް އަޅައިފައި ކިނބިހި އަޅައެވެ. އަދި ރުމާލަކުން އަތް ފޮހެލައިފައި، ކްލާހަށް ކިޔަވައިދިނުމަށް ވަދެއެވެ. މިތަނުގައި މިބައްޔަށް ހުށަހެޅިދާނެ ޢަމަލެއްގެ ގޮތުގައި ޓީޗަރު ކުރީ ކޮންކަމެއް ހެއްޔެވެ؟ އޭގެ ބަދަލުގައި ޓީޗަރަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟

ޘާނަވީ ތަޢުލީމަށް ކިޔަވައިދޭ ސްކޫލް

– ކުދިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކުދީން ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
– ކުއްޖާއާއި އެހެން މީހުންގެ އަމިއްލަ ރައްކާތެރިކަމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުންނަކަން ކިޔައިދޭށެވެ. މިސާލަކަށް، އިޖުތިމާޢީ ގައިދުރުކަން )ސޯޝަލް ޑިސްޓެންސިންގ( އަދި ކެއްސައި، ކިނބިހި އަޅާއިރު އުޅަނބޮށި ބޭނުންކޮށްގެން އަނގަ ނިވާކުރާނެގޮތާއި އަތްދޮވުން ފަދަ ދުޅަހެޔޮ އާދަތައް ކިޔައިދެވިދާނެއެވެ.
– ކުދީންނަށް އެކުދީންގެ ޢާއިލާއާ ގުޅިގެން ސިއްޙީ ދުޅަހެޔޮ އާދަތަކަށް ޢަމަލުކުރެވިދާނެކަން ހަނދާންކޮށްދޭށެވެ.
– ތަފާތުކުރުމުގެ ޢަމަލުތަކާ ކުރިމަތިލައި، އެފަދަ ކަންތައް ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބާރުއަޅާށެވެ. ތަފާތުކުރުމުގެ ޢަމަލުތަކާ ގުޅިގެން އެހެން މީހުންގެ ކިބައިން ރައްދު އައިސްދާނެ ގޮތްތައް ކިޔައިދީ، މިފަދަ ރައްދަކީ ކުއްލި ނުރައްކަލުގެ ދަނޑިވަޅުތަކުގައި ވުން އެކަށީގެންވާ ކަމެއްކަން އަންގައިދޭށެވެ. އެކުދީން ތަހައްމަލު ކުރާ އިޙުސާސްތައް މުޢާމަލާތްކުރުމަށް ބާރުއެޅުމާއެކު، ބިރުވެރިކަމާއި ތަފާތުކުރުމުގެ ސަބަބުން، އުނދަގޫވާ ޙާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށްވެސް ބުނެދޭށެވެ. ބަހުގެ މުޢާމަލާތަކީ މުހިއްމުކަމަކަށްވެފައި، ބޭނުންކުރެވޭ ބަހުރުވައިގެ ސަބަބުން، ރައްކާތެރިކަން ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުން ދުރުހެލިކޮށްފާނެއެވެ.
– ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ދަސްކޮށް އުނގެނުމުގެ ރޫޙު އާލާކޮށް، ޢާންމު ސިއް ޙަތާ ބެހޭ މަޢުލޫމާތު ހިއްސާކުރާ ބައެއް ކަމުގައި ހަދާށެވެ.
– އެ މާއްދާއަކާ ގުޅޭ ގޮތުން، ޞިއްޙަތާ ބެހޭ މަޢުލޫމާތު މާއްދާގެ މުޤައްރަރުގައި ހިމަނާށެވެ. ސައިންސް މާއްދާގެ ތެރޭގައި، ވައިރަހާއި، ބަލި ފެތުރޭ ގޮތް އަދި ވެކްސިންގެ މުހިއްމުކަމާބެހޭ މަޢުޟޫތައް ހިމެނިދާނެއެވެ. އިޖުތިމާޢީ ޢިލްމާ ބެހޭ މާއްދާގައި، ތާރީޚުގެ ތެރެއިން ހިނގައިފައިވާ ޞިއްޙީ ނުރައްކާތަކާއި، ޢާންމު ޞިއްޙަތާއި ރައްކާތެރިކަމާ ބެހޭ ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ދެވިދާނެއެވެ.
– ސްކޫލު އިޢުލާނާއި ޕޯސްޓަރު ފަދަ ތަކެތި ތައްޔާރުކޮށްގެން، ދަރިވަރުން އަމިއްލައަށް ބަލިފެތުރުމުން ރައްކާތެރިވެވޭނެ ގޮތްތަކުގެ ޢާންމު އިޢުލާން ކުރުމަށް ފުރުސަތު ދޭށެވެ.
– މީޑިޔާގެ ހަމަތައް ދަސްކޮށްދިނުމުގެ ސަބަބުން، ދަރިވަރުންގެ ވިސްނުން ފުޅާކޮށްދީ، ފުރިހަމަކަމާއެކު މުޢާމަލާތް ކުރަން އިނގޭ، ހީވާގި ރައްޔިތަކަށް ހަދައިދިނުމުގައި އެހީތެރިވެދޭނެއެވެ. މީގެ ސަބަބުން، ސައްޙަ ނޫން މަޢުލޫމާތު ދެނެގަތުމުގެ ޤާބިލުކަންވެސް އިތުރުވެގެންދާނެއެވެ.

މަތީ ޘާނަވީ ތަޢުލީމަށް ކިޔަވައިދޭ ސްކޫލް

ކުދިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކުދިން ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ.
– ކުއްޖާއާއި އެހެން މީހުންގެ އަމިއްލަ ރައްކާތެރިކަމަށް ކުރެވިދާނެ ބައިވަރު ކަންކަން ހުންނަކަން ކިޔާދޭށެވެ. މިސާލަކަށް، އިޖުތިމާޢީ ގައިދުރުކަން )ސޯޝަލް ޑިސްޓެންސިންގ( އަދި ކެއްސައި، ކިނބިހި އަޅާއިރު އުޅަނބޮށި ބޭނުންކޮށްގެން އަނގަ ނިވާކުރާނެގޮތާއި އަތްދޮވުން ފަދަ ޞިއްޙީ ދުޅަހެޔޮ އާދަތައް ކިޔާދެވިދާނެއެވެ.
– އެފަދަ ކަންތައް ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ބާރުއަޅާށެވެ. ތަފާތުކުރުމުގެ ޢަމަލުތަކާ ގުޅިގެން އެހެން މީހުންގެ ކިބައިން ރައްދު އައިސްދާނެ ގޮތްތައް ކިޔައިދީ، މިފަދަ ރައްދަކީ ކުއްލިނުރައްކަލުގެ ދަނޑިވަޅުތަކުގައި ވުން އެކަށީގެންވާކަމެއްކަން އަންގައިދޭށެވެ. އެކުދިން ތަހައްމަލު ކުރާ އިޙުސާސްތައް މުޢާމަލާތްކުރުމަށް ބާރުއެޅުމާއެކު، ބިރުވެރިކަމާއި ތަފާތުކުރުމުގެ ސަބަބުން، އުނދަގޫ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެކަމަށްވެސް ބުނެދޭށެވެ. ބަހުގެ މުޢަމަލާތަކީ މުހިއްމުކަމަށްވެފައި، ބޭނުންކުރެވޭ ބަހުރުވައިގެ ސަބަބުން، ރައްކާތެރިކަން ހޯދުމަށް ނަގަން ޖެހޭ ފިޔަވަޅު ނެގުމުން ދުރުހެލިކޮށްފާނެއެވެ.
– އެމާއްދާއަކާ ގުޅޭ ގޮތުން، ޞިއްޙަތާ ބެހޭ މަޢުލޫމާތު، މާއްދާގެ މުޤައްރަރުގައި ހިމަނާށެވެ. ސައިންސް މާއްދާގެ ތެރޭގައި، ވައިރަހާއި، ބަލި ފެތުރޭ ގޮތް އަދި ވެކްސިންގެ މުހިއްމުކަމާބެހޭ މަޢުޟޫތައް ހިމެނިދާނެއެވެ. އިޖުތިމާޢީ ޢިލްމާ ބެހޭ މާއްދާގައި، ތާރީޚުގެ ތެރެއިން ހިނގައިފައިވާ ޞިއްޙީ ނުރައްކާތަކައް ބަލާ އެކަމުން ކުރާ އަސަރުތަކާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެކަކު އަނެކަކަށް ޙުރުމަތްތެރިވުމާއި، އިޖުތިމާޢީ އެއްބައިވަންތަކަން އަށަގަނެވޭނީ ކިހާވަރަކަށްތޯ ހޯދައި ބެލޭނެއެވެ.
– މީސްމީޑިޔާ، ރޭޑިޔޯ އަދި ހަމަ އެހެންމެ ޓީވީ ބްރޯޑްކާސްޓް މެދުވެރިކޮށް، ދަރިވަރުން އަމިއްލައަށް ޢާންމު އިޢުލާންކުރުމަށް ފުރުސަތު ދޭށެވެ.
– މީޑިޔާގެ ހަމަތައް ދަސްކޮށްދިނުމުގެ ސަބަބުން، ދަރިވަރުންގެ ވިސްނުން ފުޅާކޮށްދީ، ފުރިހަމަކަމާއެކު މުޢާމަލާތް ކުރަން އިނގޭ، ހީވާގި ރައްޔިތަކަށް ހަދައިދިނުމުގައި އެހީތެރިވެދޭނެއެވެ. މީގެ ސަބަބުން، ސައްޙަ ނޫން މަޢުލޫމާތު ދެނެގަތުމުގެ ޤާބިލުކަންވެސް އިތުރުވެގެންދާނެއެވެ.

ނޯޓް: މިއީ ރޯނާ ވައިރަސް )ކޯވިޑް – 19 )އާ ގުޅޭ ގޮތުން ޓީޗަރުން ގެ ފަރާތުން ދަރިވަރުންނަށް ފޯރުކޮށް ދެވިދާނެ މަޢުލޫމާތުގެ މައްޗަށް ޔުނިސެފުން ތައްޔާރު ކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ޔުނިސެޕް މޯލްޑިވްސްގެ ވެބްސައިޓުންވެސް ފެންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *