ޓެލިކިލާސް ގްރޭޑް 7އާއި 8ގެ ދަރިވަރުންނަށް

ޓެލެކިލާސް ގުރޭޑް7އާއި 8ގެ ދަރިވަރުންނަށް ކުރިއަށް ގެންދަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މި ކުލާސްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެއެވެ.

ދިވެހި ޗެނަލުން ހަފުތާއަކު ފަސް ދުވަހު، ހެނދު ދަންފަޅީގައި މި ކިލާސްތައް ކުރިއަށް ގެންދާނީ ކޮންމެ ގުރޭޑަކަށް ދެ މާއްދާއެވެ. ދިވެހި ޗެނަލުން ދަނީ ގުރޭޑް11ގެ ދަރިވަރުންނަށްވެސް ޓެލިކިލާސް ގެނެސް ދެމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ ގުރޭޑަކަށް ދެ ގަޑި ގެނެސްދިން ނަމަވެސް ކުރިއަށް އޮތް ތަނުގައި ގަޑި އިތުރު ކުރަން ވިސްނާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ކިލާސްތަކުގެ ތާވަލު އާދީއްތަ ދުވަހު އާންމު ކުރާނެއެވެ.

ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ހުޅުވޭނެ ދުވަހެއް ނޭނގޭއިރު، ޓެލިކިލާސްތަކާއު ގޫގުލް ކިލާސްރޫމް ބޭނުންކޮށްގެން ސްކޫލްތަކުން ދަނީ ދަރިވަރުންނަށް ކިޔަވައި ދެމުންނެވެ. ޕީއެސްއެމްގެ ޔެސް ޓީވީއާއި މުއްނާރު ޓީވީން ދަނީ ގުރޭޑް 10އާއި 9ގެ ދަރިވަރުންނަށް ޓެލިކިލާސް ގެނެސްދެމުންނެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިޑްޓާމް ބްރޭކަށްފަހު، ސްކޫލްތައް ހުޅުވެން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ.

ހިޔާލު

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *