ދަރިވަރުންނާއި މުދައްރިސުންނަށް ފަސް ޖީބީގެ ޑޭޓާ ހިލޭ ދޭން ދިރާގުން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ދިރާގުން މިއަދު ތަޢާރަފުކުރި މި ޓޭޑާ ޕެކެޖް އެއްމަސް ދުވަހު ބޭނުން ކުރެވޭނެއެވެ. މިއީ ކޮވިޑް19އާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއެކު ދަރިވަރުންނާއި މުދައްރިސުންނަށް ލުއިތަކެއް ހޯދައި ދިނުމަށް ތަޢާރަފު ކުރި ޕެކެޖެކެވެ.
މި ޕެކޭޖު ދޭން ނިންމާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީން ދިރާގާ ހިއްސާ ކޮށްފައިވާ ދިރާގުގެ ޕޯސްޓްޕެއިޑް އާއި ޕްރީޕެއިޑް އަދި ދިރާގު މޮބައިލް ހިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުންނަށެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ކޮވިޑް19އާ ގުޅިގެން ޑިސްކައުންޓް ތަކެއް ތަޢާރަފު ކޮށްފައެވެ. ދިރާގު ކަސްޓަމަރުންގެ ތެރެއިން ކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ އާއި ހުރިހާ އެޑް-އޮންތަކުން 50 ޑިސްކައުންޓް އަދި ހިލޭ 10ޖީބީ ވެސް ވަނީ ދީފަ އެވެ.
advertisment
ހިޔާލު