މެދުކަނޑާލި ޓެލިކިލާސްތައް މާދަމާ ފަށަނީ

ކޮވިޑް19އާ ގުޅިގެން ފެށި ޓެލިކިލާސްތައް މާދަމާއިން ފެށިގެން އަލުން ފަށަން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަން ސްކޫލްތަަކަށް އަންގައި މި ކުލާސްތައް ފެށުމަށް ތައްޔާރު ވަމުންނެވެ.

ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށް ޓެލިކިލާސް ޔެސްޓީވީން ގެނެސްދޭއިރު، ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ޓެލިކިލާސްތައް ގެނެސްދޭނީ މުންނާރު ޗެނަލް މެދުވެރިކޮށެވެ. އޭލެވެލް ކުދިންނަށް ކިލާސްތައް ކުރިއަށް ގެންދާނީ ދިވެހި ޗެނަލް މެދުވެރިކޮށެވެ. މި ކުލާސްތައް ކުރިއަށް ގެންދާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު 5:30އާ ހަމައަށެވެ.

ކޮވިޑް19އާ ގުޅިގެން އެއް ހަފުތާއަށް ސްކޫލްތައް ބަންދު ކުުރުމާ ގުޅިގެން މި ކުލާސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ސަރުކާރު ބަންދުކޮށް މުވައްޒަފުން ބޭރަށް ނުނުކުތުމަށް އިރުޝާދު ދިނުމާ ގުޅިގެން މި ކުލާސްތައް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
ކޮވިޑް19އާ ގުޅިގެން ސަރުކާރު ބަންދުވުމާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ފަށާނެ ދުވަސްތަކެއް އަދި ނޭގެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *