އޭލެވެލް އިމްތިޙާން އޮކްޓޯބަރަށް ފަސްކޮށްފި

ރާއްޖޭގައި ބާއްވާ އޭލެވެލް އިމްތިހާނު އޮކްޓޯބަރު/ ނޮވެމްބަރަށް ފަސްކޮށްފިއެވެ. ކުރިން އޮތް ގޮތުން މި އިންތިޙާނު ހަދަން ޖެހެނީ މެއި/ޖޫން ގައެވެ.

އޭލެވެލް އިމްތިޙާން ފަސްކުރީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރަންޖެހުމާ ގުޅިގެންނެވެ.

މެއި/ޖޫންގައި ރާއްޖޭގައި ބާއްވާ އޭލެވެލް އިމްތިޙާނު ތަކުގައި ގިނަ ދަރިވަރުން ބައިވެރިވަނީ އެޑެކްސެލް އިމްތިޙާނުގައެވެ. އޭލެވެލް ކެމްބްރިޖް ގައި ބައިވެރިވަނީ މަދު ދަރިވަރެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮކްޓޯބަރު / ނޮވެމްބަރުގައި ބާއްވާ އެޑެކްސެލް އިމްތިޙާނުގައި ރާޢްޖޭގެ 1529 ދަރިވަރުން އިމްތިޚާނު ހަދާނެ ކަމަށެވެ. އެއީ އަމިއްލަ ގޮތުން އޭލެވެލް ހަދާ 94 ދަރިވަރަކާއި ސްކޫލްތަކުގެ 1435 ދަރިވަރެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާ ދެއްވި ގޮތުގައި އޯލެވެލް އިމްތިޚާނާ މެދު އެ މިނިސްޓްރީން އަދި ގޮތެއް ނުނިއްމައެވެ.
ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލީ މިހާރު ދެ ހަފުތާއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *