ކޮވިޑް19އާ ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލް ޗުއްޓީއަށް ބަދަލެއް ނުގެންނަން: އެޑިއުކޭޝަން

މުޅިދުނިޔެއާއި ރާއްޖޭގައިވެސް ފެތުރެމުންދާ ކޮވިޑް19އާ ގުޅިގެން އޯލެވެލް އިމްތިޙާނާއި ސްކޫލް ޗުއްޓީއަށް ބަދަލުގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ މިނިސްޓްރީން ދޮގުކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ ބޭސްބުކް ޕޭޖުގައި ބުނެފައި ވަނީ ސްކޫލް ޗުއްޓީއާއި އޯލެވެލް އިމްތިޙާނަށް ބަދަލުގެނެސްފައިވާ ކަމަށް ބުނެ ދައްކަމުންދަނީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ގައުމެއް ދިމާވެފައިވާ މިފަދަ ހާލަތެއްގައި މިފަދަ ސައްޙަނޫން މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ކޮވިޑް19އާ ގުޅިގެން ސްކލޫލްތައް ދެ ހަފުތާއަށް ވަނީ ބަންދު ކޮށްފައެވެ. އޮންލައިންކޮށް ކިޔަވައިދެމުން ދަނިކޮށް މިމަހުގެ 19 ވަނަ ދުވަހުވަނީ ސަރުކާރު ބަންދުކޮށްފައެވެ.

ކޮވިޑް19އާ ގުޅިގެން ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމު އޮތް އިރު، ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުނުކުތުމަށް ވަނީ އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *