އަންނަ މެއި ޖޫންގައި އޮންނަ އޭލެވެލް އިމްތިޙާން ބޭއްވުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިމްތިޙާން ފަސްކުރަން ނިންމާފައި ނުވަނީ އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ޤައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަރނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ އެވެ. އިނގިރޭސި ވިލާތުން ވަނީ އެ ގައުމުގެ ސްކޫލްތައް ބަންދުކޮށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ސްކޫލްތައްވެސް ވަނީ ދެ ހަފުތާއަށް ބަންދުކޮށްފައެވެ. ދަރިވަރުންނަށް ބްރޯޑްކާސްޓް ކޮށާއި، އޮންލައިންކޮށް ކިޔަވައި ދެމުން ދަނިކޮށް، 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުންވެސް ވަނީ މެދުކަނޑާލާފައެވެ.
advertisment
ހިޔާލު