ސަރުކާރު ބަންދުކުރުމާ ގުޅިގެން ޓެލިކިލާސްތައް މެދުކަނޑާލައިފި

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާރިޗް 19އިން 26އަށް ސަރުކާރު ބަންދުކުރެއްވުމަށް ނިންމެވުމާއި ގުޅިގެން، ދަރިވަރުންނަށް އަމާޒުކޮށް ހިންގާ ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް
މެދުވެރިކޮށް ފޯރުކޮށްދިނުމަށް ސްކޫލުތަކުން ރާވާފައިވާ ކިޔަވައިދިނުމުގެ ޕްރޮގްރާމްތައް މި މުއްދަތުގައި މެދު ކަނޑާލަން އެދިއުކޭޝަން މިނިސްޓްރީން ،މެދުކަނޑާލައިފިއެވެ.
މި ކިލާސްތައް މެދުކަނޑާލަން ޖެހުމާ ގުޅިގެން މި ދަނޑިވަޅުގައި ދަރިވަރުން ގޭގައި ތިބޭ އިރު ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ބައެއް ކަންތައްތައް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވާފައެވެ. އެއީ
• ދަރިވަރުން ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުން.
• ގޭބިސީއަށް އެއްކޮށް ކުރެވޭނެ ކަންތައްތައް ރާވާ އާއިލީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން.
• ދަރިވަރުންގެ ސްކްރީންޓައިމް މަދުކޮށް، ހެލިފެލިވެ އުޅެވޭނެ ހަރަކާތްތަކާއި ފިކުރީ ޚިޔާލު ތަނަވަސް ކުރެވޭނެ
ހަރަކާތްތަކުގައި އެކުދިން މަޝްޢޫލުކުރުވުން.
• ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދަރިވަރުން ބައިވެރި ކުރުވުން.
• ފޮތް ކިޔުމާއި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވޭނޭ ހަރަކާތްތަކުގައި ދަރިވަރުން މަޝްޢޫލުކުރުވުން
• ކުދިންގެ ނަފްސާނީ އަދި ޖަޒްބާތީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން.
• ކޮވިޑް-19 އާ ގުޅޭ މަޢުލޫމާތު ދަރިވަރުންގެ އުމުރާގުޅޭ ގޮތަށް އެކުދިންނާ ޙިއްސާކުރުން،
• އެކަކު އަނެކަކަށް އަޅާލާ، އޯގާތެރިވުން.
• ދަރިވަރުންގެ އަމިއްލަ ކަންތައްތަކަށް އެކުދިން ޒިންމާކުރުވުން.
• ދަރިވަރުންނަށް އިޤްތިޞާދުކުރަން ދަސްކޮށްދިނުން.

މިދުވަސްވަރުގައި ހުރިހާ ބޭފުޅުންވެސް ޢާއްމު ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި އިޖްތިމާޢީ ގައިދުރުކަމަށް (ސޯޝަލް
ޑިސްޓަންސިންގއަށް) ސަމާލުވުމަށާއި ގޭގައި ތިއްބެވުމަށްވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *