ޓީވީއާއި އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ ކުދިން ދެނެގަންނަނީ

ޓީވީއާއި އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ ކުދިން ދެނެގަތުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ. އެ މިނިސްޓްރީން މި މަސައްކަތް ފެށީ ޓީވީއާއި އޮންލައިންކޮށް ކިޔަވައިދޭން ފެށުމާއެކު ބައެއް ދަރިވަރުންނަށް އެ ވަޞީލަތްތައް ނުލިބޭ ކަމުގެ ޝަކުވާތަކާ ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީވީއާއި އިންޓަރނެޓްގެ ޚިދުމަތް ނުލިބޭ ކުދިން ދެނެގަތުމުގެ މަސައްކަތް ސްކޫލްތަކާ ހަވާލުކޮށްފައެވެ. ސްކޫލްތަކުން ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ކިޔަވާ ކުދިންނަށް ފަސޭހައިން އިންޓަރނެޓް ލިބޭނެ ގޮތްތަކާއި އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާގައި އުރޫދޫއާއެކު ބައްދަލުވުންތަކެއް ބާއްވާފައެވެ.
އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދާއިރު، އެންމެ ގިނަ ބަޔަކު މައްސަލައެއްގެ ގޮތުގައި ފާހަގަކުރަނީ އިންޓަރނެޓްގެ ސްޕީޑްދަށްވާ މައްސަލައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޯލެވެލްއަށް ކިޔަވަމުން ގެންދާ ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ޔެސްޓީވީ މެދުވެރިކޮށް ކިޔަވައިދެމުންނެވެ. އަދި ގުރޭޑް އެގާރައިގެ ދަރިވަރުންނަށް ވީ ޓީވީ މެދުވެރިކޮށް، ގުރޭޑް ނުވައެއްގެ ދަރިވަރުންނަށް ދިވެހި ޗެނަލް މެދުވެރިކޮށް ކިޔަވައި ދޭން ފަށަން ތައްޔާރުވަމުންނެވެ.
ކޮވިޑް 19އާ ގުޅިގެން ސްކޫލްތަކަށް އަންނަ ހަފުތާވެސް ބަންދުވާނެއެވެ. ކޮވިޑް19ށް 13 މީހަކު ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު، އިތުރު ބައެއްގެ ކިބައިން މި ބަލީގެ އަލާމާތްތަކެއް ފެނިގެން ވަނީ އެކިހެރި ކޮށްފައެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޙިލޭ ދަރިވަރުއްނަށް އިންޓަނެޓްގެހިދުމަތް ފޯރުކޮއްދިނުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *