ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ ބަންދަށް އެއް ހަފުތާ މިއަދު އިތުރުކޮށްފިއެވެ.
މިޑްޓާމްގެ ބުރޭކަށްފަހު ސްކޫލްތައް ހުޅުވަން އޮތީ އިއްޔެއެވެ. ކޮވިޑް19ގެ ނުރައްކާގައި 13 މީހަކު ރާއްޖެއިން ފެނިފައިވާއިރު، ސްކޫލްތައް ހުޅުވަން ކުރިން ނިންމީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހަށް ރާއްޖޭގެ ހާލަތު ބަދަލު ނުވާނެކަމަށް ކަނަޑައަޅައި އަންނަ ހަފުތާވެސް ބަންދުކުރަން ސަރުކާރުން ނިންމީއެވެ.
ކޮވިޑް19އާ ގުޅިގެން ޓިއުޝަން ކުލާސްތަކާއި ވަކިމާއްދާ ކިޔަވައިދޭ ކުލާސްތައްވެސް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މިފަދަ އެއްވެސް ކުލާހަކަށް ދަރިވަރުން ނުފޮނުވުމަށްވެސް އެމިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ. މުދައްރިސުންވެސް ފޭސްޓްފޭސްކޮށް އެފަދަ ކިލާސްތައް ނުނެންގެވުމަށް މުދައްރިސުންނަށް ވަނީ އަންގާފައެވެ.
ސްކޫލްތައް ބަންދުކުރަން ޖެހުމާ ގުޅިގެން މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ޓެލެކާސްޓްކޮށްގެންނާއި އިންޓަރނެޓްގެ ޒަރީއާއިން ކިޔަވައިދޭން ސްކޫލްތަކުން ވަނީ ފަށާފައެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ޔޭޔި ވެރީ ހެޕީ ތެންކް ޔޫ