އަންނަ ހަފުތާއިން ފެށިގެން އިތުރު ގުރޭޑްތަކަށް އޮންލައިންކޮށް ކިޔަވައިދޭން ފަށަނީ

ކޮވިޑް19ގެ ހާލަތު ދިގުލައިގެން ގޮސްފިނަމަ، އަންނަ ހަފުތާއިން ފެށިގެން އިތުރު ގުރޭޑްތަކަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް، އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ގުރޭޑް ދިހައެއްގެ ދަރިވަރުންނާއި ގުރޭޑް އެގާރައިގެ އޭސް އިންތިހާން ހަދަން ޖެހޭ ދަރިވަރުންނަށް އިސްކަންދީގެން ފިލާވަޅުތައް ޓެލިކިލާސް މެދުވެރިކޮށް މިއަދު ފަށައިފައިވާ ކަމަށެވެ. މާދަމާ ގުރޭޑް އެގާރައިގެ ދަރިވަރުންނަށް ޚާއްޞަ ކުލާސްތައް ފަށާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު މުޙަންމަދު އިހުސާން ވިދާޅުވީ ސްކޫލްތަކުގައި މުދައްރިސުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި ސްކޫލް ނުހުޅުވި ހާލަތު ބަދަލުވެއްޖެ ހާލަތެއްގައި ދަރިވަރުން ގޭގައި ތިބެގެން ކިޔަވައިދެވޭނެ އިމްތިޒާމް ސްކޫލްތަކުން ހަމަޖައްސަމުން ގެންދަވާ ކަމަށެވެ.
" ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށައި ގަނެވުނީ. ހާލަތު ބަދަލުވެއްޖެ ހާލަތެއްގައި އަންނަ ހަފުތާއިން ފެށިގެން އެހެން ގުރޭޑް ތަކުގެ ދަރިވަރުންނަށްވެސް ކިޔަވައިދޭން ފަށާނެ" މިނިސްޓަރުގެ ނާއިބު މުޙަންމަދު އިހުސާން ވިދާޅުވިއެވެ. " އެ މަސައްކަތް މުދައްރިސުން ކުރަމުން އެ ގަންދަނީ"
އެޑިއުކޭޝަން މިނިސްޓްރީއާއި ޕީއެސްއެމްގެ ޔެސް ޓީވީން މިހާރު ވަނީ ޓެލިކިލާސް ގެ ނަމުގައި ގުރޭޑް ދިހައަކާއި އެގާރައިގެ ކުދިންނަށް އަމާޒުކޮށް ކިޔަވައިދޭން ފަށާފައެވެ.

އެޑިއިކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ބޭނުން ކުރާނެ ވަޞީލަތެއް ކަނޑައަޅާނީ އެ ސްކޫލަކުންނެވެ. އޭގެތެރޭގައި ޔޫޓިއުބާއި، ގޫގުލް ކުލާސްރޫމް ހިމެނެއެވެ.
" އެ ސްކޫލަކަށް އެންމެ އެކަށީގެންވާ ވަޞީލަތެއް މެދުވެރިކޮށް އެ ސްކޫލަކުން ކިޔަވައި ދިނުމުގެ ކަންތައް ކުރިއަށް ގެންދާނީ" އިހުސާން ވިދާޅުވިއެވެ.

ކޮވިޑް19ށް ރާއްޖެއިން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސްކޫލްތައް ބަންދުކޮށްފައި ވަނީ އެއް ހަފުތާއަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުން ދަނީ މި މުއްދަތު އިތުރުކުރަން ޖެހިދާނެނެތީ ދަރިވަރުން ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *