ހިރިޔާގެ ސްކައުޓް ޕެޓްރޯލް ލީޑަރސް ކައުންސިލްގެ ބައްދަލުވުން އޮންލައިންކޮށް

ހިރިޔާގެ ސްކައުޓް ޕެޓްރޯލް ލީޑަރސް ކައުންސިލްގެ ބައްދަލުވުން މިއަދު އޮންލައިންކޮށް ބާއްވައިފިއެވެ.
މިއީ މިފަދަ ބައްދަލުވުމެއް ސްކޫލެއްގައި ބޭއްވި ފުރަތަމަ ފަހަރެވެ. އޮންލައިންކޮށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ކޮވިޑް19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމާ ގުޅިގެންނެވެ.

ޕެޓްރޯލް ލީޑަރުންގެ ކައުންސިލްގެ ބައްދަލުވުން އޮތީ މިއަދު މެންދުރު ފަހު 2:00 ގައެވެ. އޮންލައިންކޮށް ބައްދަލުވުން ކުރިއަށް ގެންދިޔައިރު، ހުރިހާ ދަރިވަރުން ތިބީ ސްކާފްވެސް އަޅައިގެންނެވެ. މި ބައްދަލުވުމުގައި ހަތް ސްކައުޓަކާއި ހަތް ލީޑަރުން ބައިވެރިވިއެވެ.

" ސްކޫލް ބަންދުވުމާ ގުޅިގެން ބައްދަލުވުން ކުރިއަށް ގެންދެވެން އޮތީ އޮންލައިންކޮށް ކަމަށް ވާތީ އެގޮތަށް އަޅުގަނޑުމެން ތައްޔާރުވީ. ހުރިހާ ދަރިވަރުންވެސް މި ބައްދަލުވުމަށް ޚާއްޞަކޮށް ވަކި އެޕެއް ބޭނުންކުރީ. ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު" ހިރިޔާ ސްކޫލުގެ ލީޑިންގ ޓީޗަރު އައިޝަތު ނާއިމާ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *