ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ޖަމާލުއްދީން ސްކޫލުން ހޯދައިފިއެވެ.
ޗެމްޕިއަންކަން އެ ސްކޫލުން ހޯދީ ފައިނަލުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒާ ބައްދަލުކޮށް، މެޗްގެ ފުރިހަމަ ވަގުތުގައި 1-1 ން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-1 ގެ ތަފާތަކުންނެވެ.

ހަތަރު ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާރޒީ ނަމްބަރު 10 އަބްދުﷲ މަހީލް މުއްޠަލިބެވެ. އެންމެ ގިނަ ގޯލްޖެހީ މުހައްމަދު ޖަމާލުއްދީނުގެ ޖާރޒީ ނަމްބަރު 10 އަޔާދު ނަސީރު މުޙައްމަދެވެ. އެންމެ މޮޅު ކީޕަރަކީ މުހައްމަދު ޖަމާލުއްދީނުގެ ޖާރޒީ ނަމްބަރު 13 އަހުމަދު އައުން އިބްރާހިމް ހަމީދެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކީ މުހައްމަދު ޖަމާލުއްދީނުގެ ޖާރޒީ ނަމްބަރު 9 މުޙައްމަދު އާއިޒު އުމަރު އީސާއެވެ. ފެއަރ ޕްލޭ ޓީމަކީ ހާފިޒު އަހުމަދު ސްކޫލެވެ.
advertisment
ހިޔާލު