ކޮވިޑް 19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމާ ގުޅިގެން ޕީއެސްއެމާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވާން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 މާރިޗު 2020އިން 19 މާރިޗް 2020 އަށް ސްކޫލު ތަކުގައި ކިޔަވައިދިނުންވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައި ކަމަށާއި، މި މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރެއް ނުވާނެއެވެ. އަދި މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެގޮތް އިންތިޒާމްކުރެވޭނެ ކަމަށެވެ. ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތައްމެދުވެރިކޮށެވެ. އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖްއާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރި ކޮށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކުރެވިފައިވާ ވެބްޕޯރޓަލްއާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
" މިހާރުދަނީ ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް މަތީގައި ބަޔާންކުރެވުނު ވަސީލަތްތައް މެދުވެރިކޮށް ފޯރު ކޮށްދިނުމަށް ތައްޔާރުވަމުން. 2020ވަނަ އަހަރު ގްރޭޑް 10އެއްގައި ކިޔަވާ ދަރިވަރުންނާއި އޭ.އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް 15 މާރިޗް އިން ފެށިގެން މަތީގައިވާ ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ" އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެހެނިހެން ގްރޭޑްތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށެވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ތިއުޅެނީ އެހެން އެއްޗެއް ކިޔަވައިދޭން ، ބިރުބޮޑު މިހާރު ހުރިހާ ގޮތަކުން ވެއްސް