ކޮވިޑް19އާ ގުޅިގެން ސްކޫލްތަކުގެ ބަންދަށް އެއް ހަފުތާ އިތުރުކުރުމާ ގުޅިގެން، ގުރޭޑް ދިހައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަށާ ޓެލިކިލާސް މާދަމާ ހެނދުނު ފަށާގޮތަށް ހަމަޖައްސައި، ފުރަތަމަ ދުވަހުގެ ތާވަލު އާންމުކޮށްފިއެވެ.
ޕީއެސްއެމްގެ ޔެސް ޓީވީން ކުރިއަށް ގެންދާ މި ޓެލިކިލާސް ފަށާނީ މާދަމާ ހެނދުނު އަށެއް ޖަހާއިރުއެވެ. މާދަމާގެ ތާވަލުގައި ވާ ގޮތުން ހެނދުނު އަށަކުން ފެށިގެން މެންދުރު ދޭއް ޖެހުމާ ހަމައަށް ކިޔަވައި ދިނުން ކުރިއަށް ގެންދާނެއެވެ.
މާދަމާ ކިޔަވައިދޭނީ އިސްލާމް، އިނގިރޭސި، ހިސާބު، ކޮމްޕިއުޓަރ ސްޓަޑީޒް، ދިވެއްސެވެ. މީގެ ތެރޭގައި އިސްލާމް، އިނގިރޭސި އަދި ހިސާބު މާއްދާއަށް ދެ ގަޑި ޚާއްޞަކޮށްފައި ވެއެވެ.
ޓެލިކިލާސް ކުރިއަށް ގެންދާއިރު، 12:00ން 1:00ށް އެއްގަޑިއިރުގެ ހުސްވަގުތު ކޮޅެއް ހިމަނާފައިވެއެވެ. އެއަށްފަހު އެ ކުލާސްތައް ނިންމާލާނީ އިސްލާމިކް މާއްދާގެ ޚާއްޞަ ފޯރަމަކުންނެވެ.
މިކިލާސްގެ ލައިވް ސްޓްރީމް، ޔެސްޓީވީގެ ފޭސްބުކްޕޭޖާއި، ޓީވީއެމްގެ ޔޫޓިއުބު ޗެނަލް މެދުވެރިކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
advertisment
ހިޔާލު