ކޮމިއުނިޓީ ވައިބަރ ގްރޫޕް މެދުވެރިކޮށް ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ކެމިސްޓްރީ މާއްދާ ކިޔަވައިދެނީ

ކޮވިޑް 19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމާ ގުޅިގެން، ކޮމިއުނިޓީ ވައިބަރ ގްރޫޕް މެދުވެރިކޮށް ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ކެމިސްޓްރީ ކުލާސްތައް ނަގައިދޭން ހުރަވީ ސްކޫލްގެ ކެމިސްޓްރީ ޓީޗަރު، އަބުދުﷲ އިކްރާމް ނިންމައިފިއެވެ.

ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުލާސްތައް ކުރިއަށް ގެންދާނެ ކަމަށާއި، މިހާރުވެސް ވައިބަރ މެދުވެރުކޮށް ކިޔަވަން ހުޅުވާލުމުން 100ށް ވުރެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
" މި ކުލާސްތައް މިގެންދަނީ ހަމައެކަނި ހުރަވީ ސްކޫލްގެ ދަރިވަރުންނަކަށް ނޫން. ގްރޭޑް ދިހައެއްގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް މި ކުލާސްތަކުގައި ބައިވެރިވެވޭނެ" އޭނާ ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ކޮމިއުނިޓީ ވައިބަރ ގްރޫޕު މެދުވެރިކޮށް، ވީޑިއޯ އާއި އަޑު ބޭނުންކޮށްގެން ކިޔަވައިދެވޭނެ ކަމަށާއި، ދަރިވަރުންނަށް ކޮންމެ ވަގުތަކުވެސް ފިލާވަޅާ ގުޅުން ހުރި ސުވާލުތައްވެސް ކުރެއްވޭނެ ކަމަށެވެ. " އެންމެ އާންމުކޮށް ބޭނުން މި ކުރަނީ ވައިބަރ، ކޮމިނިއުނިޓީ ވައިބަރ ގްރޫޕްގައި ސެކިއުރިޓީގެ ގޮތުން ބަލާއިރުވެސް ނޭދެވޭ ކަންތައްތައް ހިނގުމުގެ ފުރުޞަތު ކުޑަ. އެފަދަ ކަމެއް ހިނގައިފިނަމަ ވަގުތުން ގްރޫޕުން ބޭރުކޮށްލެވޭނެ. މިފަދަ ކަމެއް ކުރާއިރު، ސެކިއުރިޓީއާ މެދުވެސް ވިސްނައިގެން ކުރިއަށް ގެންދާނީ" އިކުރާމް ވިދާޅުވިއެވެ.

" ރިކްއެސްޓް ކުރީމާ ލިންކްވެސް މި ފޮނުވަނީ. ބޭނުންވަނީ ގްރޭޑް ދިހައެއްގެ ދަރިވަރުންނަށް ގޭގައި ތިބެގެންވެސް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުން"

ކޮމިއުނިޓީ ވައިބަރ ގްރޫޕްގެ ލިންކް ތިރީގައި އެވަނީއެވެ. އެ ލިންކް މެދުވެރިކޮށް ކެމިސްޓްރީ ކުލާހުގައި ބައިވެރިވެވޭނެއެވެ.

ވައިބާރ ލިންކް

ކޮވިޑް19 ރާއްޖޭފައި ފެތުރޭތީ ސްކޫލްތައް ބަންދުކުރީ އެއް ހަފުތާގެ މުއްދަތަށެވެ. މިޑްޓާމް ބްރޭކަށްފަހު ސްކޫލްތައް ހުޅުވެން އޮތީ އަންނަ އާދީއްތަ ދުވަހުއެވެ. ރާއްޖޭގައި މިހާތަނަށް ކޮވިޑް 19ށް އަށް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.

ހިޔާލު

5 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *