ކޮވިޑް 19 އާ ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފި

ކޮވިޑް 19 އާ ގުޅިގެން ސްކޫލްތައް ހުޅުވުން އެއް ހަފްތާއަށް ފަސްކޮށްފިއެވެ.
މިޑްޓާމް ބްރޭކަށްފަހު ސްކޫލްތައް ހުޅުވަން އޮތީ އަންނަ އާދީއްތަ ދުވަހުއެވެ. އެއް ހަފްތާއަށް ސްކޫލްތައް ހުޅުވަން ލަސްކުރީ، ސްކޫލްތައް ހުޅުވަން ލަސްކުރުމަށް އާންމުންނާއި މުދައްރިސުންގެ ޖަމިއްޔާއާއި މެޑިކަލް އެސޯސީއޭޝަނުން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑް19ގެ ހާލަތަށް ބަލައި، ހަފުތާއަކުން އެއްފަހަރު ސްކޫލްތައް ބަންދުކުރަން ނިންމުން ރިވިއުކުރަމުން ގެންދާނެ ކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސްކޫލްތައް ބަންދު ކުރިނަމަވެސް ކިޔަވައިދެވޭނެ ގޮތަކަށް ތައްޔާރީތައް ވަމުން ދާކަމަށާއި އޮންލައިންކޮށާއި ބްރޯޑްކާސްޓްކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ކޮވިޑް19 އަށް މީހަކަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެ މީހުންނާ ކޮންޓެކްޓްވި މީހުން ހޯދައި އެހަކެރި ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރިއިރު، ދުނިޔޭގެ 30އަށްވުރެ ގިނަ ގައުމެއްގައިވެސް ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުމުގެ އިމްތިޒާމް ދަނި ހަމަޖައްސަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *