ސްކޫލްތައް މިވަގުތައް ބަންދުކުރަން ރަނގަޅު: ޑރ ނިޔާފު

ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅުގައި ސްކޫލްތައް ބަންދުކުރުމަކީ ރަނގަޅު ކަމެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް ޑޮކްޓަރު، އަބުދުﷲ ނިޔާފު މިއަދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ކުޑަކުދިންގެ ވެސް ޑޮކްޓަރު ނިޔާފާ ޓްވިޓަރ މެދުވެރިކޮށް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ މި ވަގުތައް ރަނގަޅީ ސްކޫލްތައް ބަންދުކުރުމެވެ. ނިޔާފު މިހެން ވިދާޅުވިއިރު، މިޑްޓާމްގެ ބަންދަށްފަހު ސްކޫލްތައް އަންނަ އާދީއްތަ ދުވަހު ހުޅުވޭނެއެވެ.
ނިޔާފު ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ ބަދަލުގައި މަތީ ގްރޭޑް ތަކުގެ ދަރިވަރުންނާއި ކޮލެޖް ޔުނިވަރސިޓީ ތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުން މުހިންމު ކަމަށެވެ.

އަންނަ އާދީއްތަ ދުވަހު ކިޔަވަން ފަށާއިރު، ކޮވިޑް19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމާމެދު ގޮތެއް، އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައެއް ނުވެއެވެ. އެކަމާ ބެލިވެރިން ދަނީ ސޯޝަލް މީޑިއާގައިވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮވިޑް19 އަށް ރާއްޖޭގައި ވަނީ ހަ މީހަކު ޕޮޒިޓިވް ވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *