އައްޑޫ ހައި ސްކޫލްގެ މޮޅު ދަރިވަރަކަށް ނަބާހާ

ފާއިތުވި 2021-2022 ވަނަ އަހަރު އައްޑޫ ހައި ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފާތިމަތު ނަބާހާ ހުސެއިނެވެ.

ސްކޮލަރޝިޕަށް މަސައްކަތް ކުރީ މަންމަމެން ލައްވައި މަތީ ތަޢުލީމަށް ޚަރަދު ކުރަން ބޭނުން ނުވާތީ

ދެވަނަ ދަރިވަރަކީ ފާތިމަތު އައިދާ އިޤްބާލެވެ. ތިން ވަނަ އަށް ދިޔައީ އަހުމަދު ޒަޔާން މުހައްމަދާއި އަހުމަދު ފާތިހް އަބްދުލް މުހުސިނެވެ.

އައްޑޫ ހައި ސްކޫލްގެ އަރުތަ ވެރިންގެ ޖަލްސާ ބޭއްވީ އިއްޔެ ހެނދުނުއެވެ. ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވައިރޮމެންޓް އައިމިނަތު ޝައުނާއެވެ.

އެ ސްކޫލުން ވަނީ ފާއިތުވި އަހަރު މަތީ ސާނަވީން ރަނަގަޅު ނަތީޖާއެއް ހޯދާފައެވެ. 55 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނި، ދެ ދަރިވަރަކު ވަނީ ދުނިޔޭގެ ވަނަ ހޯދާފައެވެ.  98 އިންސައްތަ ދަރިވަރުން ޔުނިވަރސިޓީ ތަކަށް ވަދެވޭ މިންވަރަށް ފާސްވެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *