ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ޠާޙާ ސަލީމް ދިހަ އަހަރު ޚިދުމަތް ކުރެއްވުމަށްފަހު، އެ ސްކޫލާ ވަކިވަޑައިގެންނެވުމާ ގުޅިގެން އެ ސްކޫލްގެ ދަރިވަރުން އޭނާއަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް ދަންނަވައިފިއެވެ.
ޠާޙާ ސަލީމް ވަނީ ދިހަ އަހަރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވާފައެވެ. މިއަދު އެ މަގާމުން ވަކުވެވަޑައިގެންނެވުމުން އެ ސްކޫލްގެ ދަރިވަރުންގެ ޝުއޫރާއި އިޙުތިރާމް އަދާކުރެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ އެސަމްބްލީގައެވެ. ބުދަދުވަހު ބޭއްވި އެ ޚާއްޞަ އެސަމްބްލީގައި އެ ސްކޫލްގެ 900އެންހާ ދަރިވަރުން ބައިވެރިވިއެވެ.
ދަރިވަރުންގެ ޝުއޫރުތައް މި އެސެމްބްލީގައި އިއްވައި ދިނީ ރީތި ލަވައަކުންނެވެ. އެ ލަވައިގައި ވަނީ ޠޯހާގެ ޕްރިންސިޕަލް ކަމުގައި އެ ސްކޫލަށް ހޯދައިދިން ކާމިޔާބީތަކާއި ކުރިއެރުންތަކާއި ދަރިވަރުންގެ ޝުޢޫރު ގެނެސްދީފައެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލަކީވެސް ޠޯހާއެވެ. އޭނާ އެ ސްކޫލާ ވަކިވެވަޑައިގަނެނެވިއިރު، ޕްރައިވެޓައިޒްކޮށްގެން ސްކޫލްތައް ކާމިޔާބުކަމާއެކު ހިންގިދާނެކަން ވަނީ ސާމިތުކޮށް ދެއްވާފައެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަކީ ރާއްޖޭގެ ފުރަތަމަ ޕްރައިވެޓައިޒްކޮށްގެން ހިންގަން ފެށި އެއް ސަކޫލެވެ.
ޠާހާއަށް ފަހު، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ މިހާރުގެ ޕްރިންސިޕަލަކީ އަލީ މުސްތަފާއެވެ. ޕްރިންސިޕަލް ކަމުގައި ވަކިވެވަޑައިގެންނެވިޔަސް ޕާޓް ޓައިމްކޮށް ސްކޫލު މެނޭޖްމަންޓްގެ ބޯޑުގައި ތޯހާ މަސައްކަތް ކުރައްވާނެ ކަމަށް ޣިޔާސުއްދީން ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު