މިޑްޓާމް ބްރޭކަށް ސްކޫލްތައް މިއަދުން ފެށިގެން ބަންދުވާނެއެވެ.
އެކަޑިމިކް ކަލަންޑަރުގައިވާ ގޮތުން ބަންދު ދުވަސްތައް ހިމަނައިގެން ދަރިވަރުންނަށް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މިޑްޓާމް ބްރޭކަށްފަހު ސްކޫލްތައް ހުޅުވޭނީ މިމަހުގެ 15 ވާ އާދީއްތަ ދުވަހުއެވެ.
މިއަހަރު 73،000 ގާތްކުރާ އަދަދަކަށް ދަރިވަރުން ސަރުކާރުގެ 2012 ސްކޫލެއްގައި ކިޔަވަމުން ދެމުން ގެންދެއެވެ.
އަހަރީ ޗުއްޓީ ދެބަޔަކަށް ބަހާލުމުން، ފުރަތަމަ ޓާމުގެ ޗުއްޓީއާއެކު އަހަރީ ޗުއްޓީގެ ފުރަތަމަބައި 31 މެއި އިން 11 ޖޫންއަށް ލިބޭނެއެވެ.
advertisment
ހިޔާލު