ސުދާ: ހއ. އަތޮޅު މަދަރުސާގެ ތާރީޚުގައި ވެސް އެންމެ މޮޅު ދަރިވަރު

ފާއިތުވި 2022-2021 ވަނަ އަހަރު ހއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ފާޠިމަތު ސުދާ މުޙައްމަދު ހޯދައިފިއެވެ. ސުދާ ވަނީ އަށް އޭ ސްޓާރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. މި ނަތީޖާއަކީ ވޭތުވެ ދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެ މަދަރުސާގެ ދަރިވަރަކު އޯލެވެލް އިން ހޯދި އެންމެ މަތީ ނަތީޖާއެވެ.

ސުދާ ވަނީ، ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އިސްލާމް، ދިވެހި، އިނގިރޭސި، ހިސާބު، ކެމިސްޓްރީ، ފިޒިކްސް، ބަޔޮލޮޖީ އަދި މެރިންސައިންސުން އޭ ސްޓާރ ހޯދާ ހަޔާރ ޑިސްޓިންކްޝަން އެވޯޑް ޙާޞިލް ކޮށްފައެވެ.

ސުދާގެ އިތުރުން ދެ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެއީ އިނގިރޭސިން އޭ ސްޓާރއާއި އިސްލާމް، ދިވެހި އަދި މެރިންސައިންސުން އޭ ހޯދި މަރްޔަމް ސުހާއާއި އިސްލާމުން އޭ ސްޓާރ ހޯދާ ދިވެހި، އިނގިރޭސި، ހިސާބު އަދި ބިޒްނަސް ސްޓަޑީޒުން އޭ ހޯދި މުޙައްމަދު ބިން ޢަލީ މަމްދޫޙެވެ.

ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ސުދާ: ރަނގަޅު ނަތީޖާއެއް ހޯދީ ޑޮކްޓަރަކަށް ވާހިތުން

 

ހއ. އަތޮޅު މަދަރުސާގެ ގަދަ 5ގައި ހިމެނުނު ދަރިވަރުން

1- ފާޠިމަތު ސުދާ މުޙައްމަދު

2- މުޙައްމަދު ބިން ޢަލީ މަމްދޫޙް

3- މަރްޔަމް ސުހާ

4- ފާޠިމަތު ނަޝްފާ

5- ޙުސައިން މުޢާޝް ޢަބްދުލްޣަފޫރު

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *