ސުދާ: ރަނގަޅު ނަތީޖާއެއް ހޯދީ ޑޮކްޓަރަކަށް ވާހިތުން

ބަތްކައްކާ ކުޅުނުއިރުވެސް ވާންބެނުންވީ ޑޮކްޓަރަކަށެވެ. ރަށުގައި ހުރި ސިއްޙީމަރުކަޒަށް މަންމައާއެކު ގިނަގިނައިން ގޮސްހެދީ ވެސް އެކަމަށް ހުންނަ ޝަޢުޤެއްގެ ބޮޑުކަމުންނެވެ. ޑޮކްޓަރުން އަޅާ ގޮތަށް ކަށިގަނޑު އަޅައިގެން އެއް އުމުރުފުރާގެ ކުދިން ބަލައި އުޅުނެވެ. ކުޅުމުގެ ތެރެއިން އެކުދިންނަށް ބޭސްދީ ހެދީ ވެސް އެކަމަށް އޮތް ކުލުނެއްގެ ބޮޑުކަމުންނެވެ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއިން މި އަހަރު އޯލެވެލް ހެދި ފާތިމަތު ސުދާ، ކިޔެވީ ވެސް އެންމެ ބޭނުމަކުއެވެ. ރަނގަޅު ނަތީޖާއެއް ހޯދައިގެން ޑޮކްޓަރަކަށް ވުމަށެވެ. … Continue reading ސުދާ: ރަނގަޅު ނަތީޖާއެއް ހޯދީ ޑޮކްޓަރަކަށް ވާހިތުން