އަށް އަހަރުގެ ކުއްޖެއްގެ އުފަންދުވަހުގެ ސަޕްރައިޒް ފުލުހުންގެ ފަރާތުން

އަށް އަހަރުގެ ކުއްޖެއްގެ އުފަންދުވަހު ސަޕްރައިޒެއް ފުލުހުންގެ ފަރާތުން އެކުޖާއަށް ދީފިއެވެ.

އަޔާން ނަމަކަށް ކިޔާ ކުއްޖާއަށް މި ސަޕްރައިޒް ފުލުހުން ދިނީ، އެކުއްޖާ ބޮޑުވެގެން ވާން ބޭނުންވަނީ ފުލުހަކަށްވެފައި، ފުލުހުންގެ ތެރޭގައި މަސައްކަތްތައް ހިނގާ ގޮތް ބެލުމަކީ އެކުއްޖޭގެ ދެކެމުންދިޔަ ހުވަފެނަކަށް ވީތީއެވެ.

އަޔާންއަށް އުފާވެރި އުފަން ދުވަހަކަށް އެދެމުން ފުލުހުން އިއްޔެ ކުރި ޕޯސްޓެއްގައި އަޔާން ފުލުހުންގެ ޔުނީފޯމްގައި ހަތަރު ފުލުހަކާއެކު ނަގާފައިވާ ފޮޓޯއެއް ވަނީ އާންމުކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ އެ އިދާރާގައި ކަންތައްތައް ހިނގަމުންދާ ގޮތް ދައްކައި ދިނުމަށް އެދުނުނީ އަޔާންގެ އާއިލާއިންނެވެ.
ފުލުހުންގެ އިދާރާއަށް އަޔާން ދިޔައީ ފުލުހުންގެ ވެހިކަލެއްގައެވެ. ލައިގެން ހުރީ އެސްއޯ ފުލުހުން ބޭނުންކުރާ ޔުނީފޯމެކެވެ. އެކަމުގައި އަޔާންއަށް އެހީތެރިކަން ފޯރުކޮށް ދިނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އެސްއޯއިން ވޮލެންޓިއާ ކުރި ފުލުހުންނެވެ.

އަޔާންގެ އުފަން ދުވަހަށް ފުލުހުން ދިން ސަޕްރައިޒަށް އެ އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ. މިއީ މިފަދަ ސަޕްރައިޒެއް ފުލުހުންގެ ފަރާތުން ލިބުނު ފުރަތަމަ ފަހަރެވެ. ފުލުހުން އަޔާންއަށް ދިން ސަޕްރައިޒަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ހިޔާލު

8 Responses

  1. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  2. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  3. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  4. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  5. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  6. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  7. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

  8. ތިހެން ގިނަގިނައިން ސަޕްރައިޒް ދީބަލަ ކުޑަކުދިން ހާދަ އުފާވެޔެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *