ހއ. އޭއީސީގެ ދަރިވަރުންގެ މެދުގައި ހުސްފުޅީގެ ވާދަވެރިކަން ބޮޑުވެއްޖެ

ހުސްފުޅި އެއްކޮށްގެން މެޑަލް ދޭން ނިންމުމާއެކު ހއ. އޭއީސީގެ ދަރިވަރުންގެ މެދުގައި ހުސްފުޅީގެ ވާދަވެރިން ބޮޑުވެއްޖެއެވެ. މިކަން ބޮޑުވީ އޭއީސީގެ ތިމާވެށި ކުލަބާއި މިޑްލް ސްޕޯޓްސް ކުލަބާ ގުޅިގެން ކުނީގެ ގޮތުގައި އުކާލާ ޕްލާސްޓިކް އެއްކުރަން ފެށި، ކެމްޕޭނާ ގުޅިގެންނެވެ.

މި ކެމްޕޭނުގެ ދަށުން އަށް ސަތޭކަ ހުސްފުޅި އެއްކޮށްގެން ރަންމެޑަލް، ހަ ސަތޭކަ ހުސްފުޅި އެއްކޮށްގެން ރިހި މެޑަލް ދޭގޮތަށް އޭއީސީން ވަނީ ނިންމާފައެވެ. މި ކެމްޕޭނުގެ ދަށުން އެއްކުރާ ހުސްފުޅި ސްކޫލަށް ގެންދަން ޖެހޭނީ މަހަކު ދެ ފަހަރުއެވެ.

އުކާލާ ޕްލާސްޓިކް އަޅަން ދިއްދޫގެ އަތިރިމަތީގައި ބޮޑެތި ޖަންބޯ ބޭގްތަކެއް ވަނީ ބަހައްޓާފައެވެ. އެއީ އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް އުކާލަންޖެހޭ ހުސްފުޅި ފަދަ ތަކެތި ޖެހުނު ތަނަކަށް އުކާލުމުގެ ބަދަލުގައި އެ ބޭގަށް ލުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
" މިކަން އިއުލާން ކުރި ބައްދަލުވުން ނިމުނުތާ ގަޑިއެންހާއިރު ނުވާނެ، މި ރަށުން (ހއ. ދިއްދޫއިން ) ހުސްފުޅި ހުސްވެއްޖެ" ޕްރިންސިޕަލް އަބްދުﷲ ނާހިދު ވިދާޅުވިއެވެ. " މިހާރު ލާހިކެއްނޫން ހުސްފުޅިއެއް މިރަށުން ހޯދާކަށް"

ނާހިދު ވިދާޅުވީ ކުދިންގެ މެދުގައި މިކަމަށް ހުރި ޝަޢުޤަކީ، ޕްލާސްޓިކް އެއްކުރަން ތިން ސަރަހައްދެއްގައި ބެހެއްޓި ޖަންބޯ ބޭގެއްގައި ފުޅިއެއް ނޯންނާތީއެވެ.
" އެއިން ބޭގެއްގައި ވެސް ފުޅިއެއް އޮންނަ ތަނެއް ނުފެނޭ. އެއަށް ހުސްފުޅިއެއް ލާއިރަށް އެބަ ނަގާ. ކުދިންގެ މެދުގައި މިކަމަށް ޝަޢުޤެއް އުފެދި ވާދަވެރިކަމެއް ބޮޑުވެއްޖެ" ނާހިދު ވިދާޅުވިއެވެ.

ނާހިދު ވިދާޅުވި ގޮތުގައި ކުދިން އެއްކުރި ހުސްފުޅިތައް ސްކޫލާ ހަވާލު ކުރަން ފަށާނީ މިޑްޓާމް ބްރޭކަށްފަހު ސްކޫލްގެ ކިޔެވުން ފެށުމާއެކުގައެވެ. އެ ދުވަހު އެންމެ ގިނައިން ހުސްފުޅި އެއްކުރި ދަރިވަރުންނަށް މެޑަލް ހަވާލުކުރުން އޮންނާނެއެވެ.
ހއ. އޭއީސީގެ ތިމާވެށި ކުލަބުން ވަނީ މިޑްލް ސްޕޯޓްސް ކުލަބާ ގުޅިގެން ގަސްއިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *