މަޖީދިއްޔާ ސްކޫލްގެ ސައިންސް ފެއަރ މާދަމާ އާންމުންނަށް ހުޅުވާލާނެއެވެ. އާންމުންނަށް މިފެއަރއަށް ވަދެވޭނީ ފަސް ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ.
މި ފެއަރ ތީމަކީ " ޓްމޯރޯސް ވޯލްޑް" އެވެ. މި ތީމުގެ ދަށުން، ސައިންސާއި ޓެކްނޮލޮޖީއާއި އީޖާދީ އުފެއްދުންތައް ފެނިގެންދާނެއެވެ. މި ފެއަރގައި މަޖީދިއްޔާގެ ގްރޭޑް އެކަކުން ދިހައަކަށް ހިމެނޭ 49 ކުލާހަކުން ބައިވެރިވިއެވެ.
މަޖީދިއްޔާ ސްކޫލުން ބުނީ ސައިންސްފެއަރގެ އުފެއްދުންތަކަށް އިންސާފު ކުރުމުގެ މަސައްކަތް މާދަމާ ހެނދުނު ކުރިއަށް ގެންދާނެ ކަމަށާއި، ހަވީރު 4:00ން ފެށިގެން ހަވީރު 6:00ށް އަދި ރޭގަނޑު 8:00ން 10:00ށް އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.
މި ފެއަރގެ އުފެއްދުންތަކަށް ޚާއްޞަ ވަނަތައް އިއުލާންކޮށް އިނާމް ދޭނީ އާދީއްތަ ދުވަހުއެވެ.
advertisment
ހިޔާލު