ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި އައިޝަތު ލައިކާ ހަސަން އާއި އައިޝަތު މާނިޔާ އާދަމް ރާއްޖެ އަށް ރަން މެޑަލް ހޯދައި ދީފިއެވެ.
ޖަރުމަންގެ ބާލިންގައި މިހާރު ކުރިއަށްދާ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ލައިކާ ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމުން އެއްވަނަ ހޯދައިގެންނެވެ. މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަންގެ ފައިނަލް މެޗުގައި ބަލްގޭރިއާގެ ތިޔަންކަ ޖޯޖީވާ އާ ވާދަކޮށް ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އޭނާ ސެޓް ގެންދިޔައީ 21-19 އަދި 21-10 ގެ ތަފާތަކުންނެވެ.
މާނިޔާ ފައިނަލަށް ދިޔައީ ޖޯޑަން އާއި މޮންގޯލިއާ ކުޅުންތެރިޔާ ބަލިކޮށްފައެވެ.
ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސްގައި ރާއްޖޭގެ ވިދުން މިފަހަރު ގަދައެވެ. ރާއްޖޭގެ ޒާނާ އަލީ ޝަރީފް ވަނީ 100 މީޓަރު ވުމުގައި ހަތަރުވަނަ ހޯދާފައެވެ. 200 މީޓަރު ދުވުމުން އޭނާ ވަނީ ބްރޯންޒް މެޑަލް ހޯދާފައެވެ.
advertisment
ހިޔާލު