ފާދިއްޕޮޅު އިންޓަރސްކޫލް ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިފްތިތާޙްއަށް

ފާދިއްޕޮޅު އިންޓަރސްކޫލް ފުޓް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާހުން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލުގައި ޅ. އަތޮޅު މަދަރުސާއާ ބައްދަލުކޮށް، އިފްތިތާހުން ޗެމްޕިއަންކަން ހޯދީ 1-5 ގެ ތަފާތަކުންނެވެ.

ފާދިއްޕޮޅު ސްކޫލްތަކުގެ މެދުގައި ބޭއްވި ފުޓް ބޯޅަ މުބާރާތުގައި އެ އަތޮޅުގެ ހުރިހާ ސްކޫލަކުން ބައިވެރިވިއެވެ.

މި މުބާރާތުގެ ބެސްޓް ޑިފެންޑަރުކަން އަޙުމަދު ޝަހުދާނަށް ލިބިފައިވާއިރު ބެސްޓް ސްޓްރައިކަރަކަށް ހޮވިފައިވަނީ މުޙައްމަދު އިޒާނެވެ. އަދި ބެސްޓް މިޑްފީލްޑަރަކަށް  ޣިލްމާން މުޙައްމަދު ހޮވިފައިވާއިރު އެންމެގިނަ ލަނޑުޖެހީ އަޙުމަދު އިޢުޖާޒެވެ. އަދި ފައިނަލްމެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ "މޭންއޮފްދަ މެޗްގެ މަޤާމުވެސް ޙާޞިލުކޮށްފައި ވަނީ ޣިލްމާނު މުޙައްމަދެވެ. މިއީ މަދްރަސަތުލް އިފްތިތާހް މިފަޚުރުވެރި ކާމިޔާބު ޙާޞިލުކުރި ދެ ވަނަފަހަރެވެ.

އަންހެން ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ހޭންޑްބޯލް މުބާރާތުން މަދްރަސަތުލް އިފްތިތާޙަށް ރަނަރަޕް ކަން ލިބުނުނީ ދެ ގޯލްގެ ތަފާތަކުން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ކުރި ހޯދައިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *