ސްޕޭސް ސެންޓަރުގެ ކެމެރާ ބޭނުން ކޮށްގެން 84 ދަރިވަރަކު 200 ފޮޓޯނަގާނެ

ޣިޔާސުއްދީނުގެ ސްޕޭސް އެޑިއުކޭޝަން ޕްރޮގްރާމުގެ ދަށުން ނާސާގެ ސެޓްލައިޓް މެދުވެރިކޮށް 84 ދަރިވަރަކު 200 ފޮޓޯ ނެގުމުގެ ޕްރޮޖެކްޓް މާދަމާ ފަށާނެއެވެ.

މިއީ އިންސްޓިއުޓް ފޯރ ގްލޯބަލް ސަކްސަސް (އައިޖީއެސް) އާ ގުޅިގެން ޣިޔާސުއްދީން ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ނާސާގެ ސެޓްލައިޓް މެދުވެރިކޮށް ފޮޓޯ ނަގާނީ މާލޭގެ ސްކޫލްތަކުން ބައިވެރިވާ 22 ދަރިވަރުންނާއި ޣިޔާސުއްދީން ސްކޫލްގެ 62 ދަރިވަރުންނެވެ.

ޣިޔާސުއްދީން ސްކޫލްގައި މިއަދު ބޭއްވި ބައްދަލުވުމުގައި މި ޕްރޮގްރާމް ހިންގާ އައިޖީއެސްގެ ސީއީއޯ ރިފުއަތު މުޙަންމަދު ވިދާޅުވީ ފޮޓޯ ނަގާނީ " އެކްސްޕްލޯރިން އާތު ފްރޮމް ސްޕޭސް" ގެ ކަރިކިއުލަމް ފުރިހަމަ ކުރުމަށް އަމަލީ ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކެޓްގެ ދަށުން ދަރިވަރުން ނަގާ ފޮޓޯ ނާސާގެ ޖެޓް ޕްރޮޕަލްސަން ލެބުން ރައްކާކުރާނެއެވެ. އަދި މާދަމާ ފޮޓޯ ނަގަން ބައިވެރިވާ ކުދިންގެ ގްރޫޕް ފޮޓޯއެއް ސްޕޭސްގައި މިހާރު ހަރަކާތްތެރިވާ އެސްޓްރޮނޯޓުންނަށް ފޮނުވާނެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްރޮގްރާމްތައް ޣިޔާސުއްދީން ސްކޫލްގައި ފެށުމަށް ނިމިގެން ދިޔަ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ

ނެކްސްޓް ޖެނަރޭޝަން ސައިންސް ސްޓޭންޑަޑްސް އަށް ފެތޭގޮތަށް ނާސާއިން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ..

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *