ފާދިއްޕޮޅު އިންޓަރސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި ބައްދަލުކުރީ މަދަރަސަތުލް އިފްތިތާޙްއާއެވެ. ޅ. އޭއީސީ ފައިނަލް މެޗް ކާމިޔާބު ކުރީ 5-7 ގެ ތަފާތަކުންނެވެ.

ހޭންޑް ބޯޅަ މުބާރާތުގައި މި ދެ ސްކޫލުގެ އިތުރުން ދެން ބައިވެރިވީ ޅ. އަތޮޅު މަދަރުސާއިންނެވެ.
އެންމެ ގިނަ ލަނޑުޖަހައި، އަދި މޮޅު ކުޅުންތެރިއަކީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖާޒީނަމްބަރު 1 ހައްވާ މިފްޝާ މުޙައްމަދެވެ. އޭނާ ވަނީ ފަސް ގޯލް ޖަހާފައެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ވެސް އެ ސްކޫލްގެ ޖާޒީ ނަމްބަރު 69 އައިޝަތު ނަސްމާ މުޙައްމަދެވެ.
ދާފިއްޕޮޅު އިންޓަރސްކޫލް ފުޓް ބޯޅަ މުބާރާތުގެ ފައިނަލް މިއަދު ހަވީރު އޮންނާނެއެވެ. ޅ. ކުރެންދޫގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރަނީ އިފްތިތާޙްއާއި ޅ. އަތޮޅު މަދަރުސާއެވެ.
advertisment
ހިޔާލު