އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ކަރަންޓު ވައިރު ކުރަން ދަސްކޮށްދޭން ފަށައިފިއެވެ.
މިއީ އެއް ދަންފަޅިއަށް އެ ސްކޫލް ބަދަލުކޮށް، ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލް ވިދާޅުވީ ނިމިގެންދިޔަ އަހަރު މި ޕްރޮގްރާމް ފެށި ނަމަވެސް މި އަހަރުން ފެށިގެން ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްރޭޑް ހަޔަކާއި ހަތެއްގެ ދަރިވަރުން ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނެނީ 10 ކުދިންނެވެ.
" އަޅުގަނޑުމެންގެ ވަޞީލަތްތައް ހުރި ގޮތުން ދިހަ ކުދިންގެ ގްރޫޕަކަށް އަމަލީ ގޮތުން މި މަސައްކަތް ކުރިއަށް ގެންދެވެނީ. ފުރަތަމަ ބެޗްގައި ބައިވެރިވި ދަރިވަރުން އަމިއްލައަށް ވައިރު ކޮށްލެވޭނެ" ނިމާލް ވިދާޅުވިއެވެ.
ނިމާލް ވިދާޅުވީ ވަޔަރިން ދަސްކޮށްދޭން ހިންގާ ޕްރޮގްރާމް ނިމޭއިރު، ގްރޭޑް ހަޔަކާއި ހަތެއްގެ 30 ކުއްޖަކަށް އަމަލީ ގޮތުން އެ މަސައްކަތް ކުރެވޭ ވަރަށް މަސައްކަތް ދަސްކޮށްދެވޭނެ ކަމަށެވެ.
" މިހާރު އެކުދިން އެ މަސައްކަތް ކުރަނީ ވަރަށް ޝަޢުޤު ވެރިކަމާއެކު، މިކަމުގެ ސަބަބުން އެކުދިންގެ ހުނަރު ތަރައްގީވެ މަސައްކަތަށް އަހުލުވެރި ކުރުވޭ" ނިމާލް ވިދާޅުވިއެވެ.
advertisment
ހިޔާލު