ފުރާވަރު ކޭންޕް އަފީފުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި

ފުރާވަރުކޭންޕު ވަރަށް ކާމިޔާބުކަމާއެކު ޢަފީފުއްދީން ސްކޫލުގައި ކުރިއަށްގެންގޮސް ނިންމާލައިފިއެވެ.

މި ކޭންޕު ކުރިއަށް ގެންދެވުނީ މި މަހުގެ 20އިން 22އަށެވެ. މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ކުރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޔުނިޓުގެ ފަރާތުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ހިންގާ ފުރާވަރު ކޭންޕަކީ ފުރާވަރުގެ ކުދިންނަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ކޭންޕެކެވެ.

\

މިކޭންޕުގައި ޢަފީފުއްދީން ސްކޫލުގެ ގުރޭޑު 9 އަދި 10ގައި ކިޔަވާ 46 އަންހެން ދަރިވަރުންނާ 44 ފިރިހެން ދަރިވަރުން ބައިވެރިވިއެވެ. މި ކޭންޕުގައި ދީނީ ނަޞޭޙަތް ދިނުމާ، އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި، ރިވެތި އަދަބުތަކާއި، ކުށްތަކަށް އަރައި ނުގަތުމާއި، ޤައުމިއްޔަތު، ސައިބާ ސޭފްޓީ އަދި އެންޓި ސޯޝިއަލް ބިހޭވިއަރ ފަދަ ސެޝަންތައް ނަގައިދީފައި ވެއެވެ.
މީގެ އިތުރުން ކޭންޕުގައި ބައިވެރިވި ދަރިވަރުންގެ ފަރާތުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސްކޫލުގެ ބެލެނިވެރިންނަށާ މުދައްރިސުންނަށް ވެސް ސެޝަންތަކެއް ނަގައިދީފައިވެއެވެ. އަދި ހަމަ އެއާއެކު ކޭންޕާއި ގުޅުވައިގެން ޢަފީފުއްދީން ސްކޫލުގެ ގުރޭޑު 7 އަދި 8ގެ ދަރިވަރުންނަށްވެސް ސެޝަން ތަކެއްވަނީ ނަންގަދީފައެވެ.

މި ކޭންޕާ ގުޅޭ ގޮތުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިޙާ އިދުރީސް ވިދާޅުވީ މި ކޭންޕަކީ ވަރަށް ކާމިޔާބު ކޭންޕެއް ކަމަށާއި، ކޭންޕުގައި ދަރިވަރުންނަށް އުނގަންނައި ދިން ކަންކަމުގެ އަސަރު ކޭންޕުގެ 2ވަނަ ދުވަހުން ފެށިގެން ދަރިވަރުންގެ އުޅުމާ ގުޅުމަށް ބަދަލު އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކޭންޕަކީ އެހެން ކޭންޕުތަކާ ތަފާތުކޮށް ވަށާޖެހިގެން (ދަރިވަރުން ދިން މަޢުލޫމާތަށް ބިނާކޮށް މުދައްރިސުންނަށާއި ބެލެނިވެރިންނަށް ވެސް ސެޝަންތަކެއް ނެގިގެން) ކުރިއަށް ގެންދެވުނު ކޭންޕަކަށް ވާތީ މިކޭންޕުގެ ނަތީޖާ އެހެން ކޭންޕުތަކަށްވުރެ ވަރަށް ބޮޑުތަނުން ތަފާތުކަމުގައިވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
މި ކޭންޕާމެދު އެ ސްކޫލުގެ ބެލެނިވެރިންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ބެލެނިވެރިއަކު މި ކޭމްޕާމެދު ބުނީ އޭނާގެ ދަރިފުޅުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ކުރިއާ އަޅާބަލާއިރު މިހާރު ފާހަގަވަމުންދާ ކަމަށާއި، މިއީ ސްކޫލް ނިންމުމުގެ ކުރިން ކޮންމެ ކުއްޖަކުވެސް ބައިވެރިވުން މުހިންމު ކޭންޕެއް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *