" ގޯ ގްރީން" ގެ ނަމުގައި ކަލާފާނު ސްކޫލް ފެހިކުރަން ފަށައިފި

ގޯ ގްރީން ނަމުގައި ކަލާފާނު ސްކޫލް ފެހި ކުރުމުގެ މި އަހަރުގެ ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށީ ނިމިގެން ދިޔަ ހަފްތާގައެވެ. މިއީ ކޮންމެ އަހަރަކުވެސް އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި އެ ސްކޫލްގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވެއެވެ.

ޑެޕިއުޓީ ޕްރިންސިޕަލް ޒަހީނާ އަބްދުﷲ ވިދާޅުވީ " ގޯ ގްރީން" ހަރަކާތުގައި އެ ސްކޫލްގެ ހުރިހާ ކުދިން ޝާމިލްވާއިރު، އިސްކޮށް ހަރަކާތްތެރިވާނީ އެ ސްކޫލްގެ ތިމާވެށި ކުލަބުންނެވެ. އެ ކުލަބުގެ އިސްނެގުމުގެ މަތިން ސްކޫލްގެ އެކި ސަރަހައްދުގައި ކޮންމެ ކުލާހަކަށް ވަކި ޖާގައެއް ގަސް ހައްދަން ހަމަޖއްސާފައިވާ ކަމަށެވެ.

" މި ހަރަކާތުގައި ހުރިހާ ކުދިންނާއި މުދައްރިސުން ޝާމިލުވާނެ. މީގެ ބޭނުމަކީ ގުޅިގެން ސްކޫލް ފެހިކުރުމުގެ ރޫހު އުފެއްދުން" ޒަހީނާ ވިދާޅުވިއެވެ. " ދަރިވަރުންގެ މެދުގައި މިކަމަށް ހުންނަ ޝަޢުޤު އިތުރުވުމަކީ މި ހަރަކާތް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް. އެކުދިން ގަސްތަކަށް ފެންދީ ބަލަހައްޓަމުން ދަނީވެސް "

އޭނާ ވިދާޅުވީ ގަވާއިދުން ގަސްހައްދާ ބަލަހައްޓާ ފަރާތްކަށް އަހަރު ނިމޭއިރު އެކަމުގެ އަގުވަޒަން ކުރުމުގެ ލިޔުމެއް ސްކޫލެއް ދޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *