މުހްޔިއްދީންގެ " މުރަކަ ކުދިން " ޕްރޮގްރާމަށް ފަސް ދަރިވަރަކު ޑައިވިން ކޯސް ހަދަންފަށައިފި

މުހްޔިއްދީން ސްކޫލްގެ ސްކައުޓުން ކުރިއަށް ގެންދާ "މުރަކަ ކުދިން" ޕްރޮގްރާމަށް، އެ ސްކޫލްގެ ފަސް ސްކައުޓަކު ޕެޑީގެ އޯޕެން ވޯޓަރ ޑައިވް ކޯސް ފުރިހަމަ ކުރަން ފަށައިފިއެވެ. މި ކޯސް ސްޕޮންސަރ ކޮށްފައި ވަނީ މޫދުބުޅާ ޑައިވިން ސެންޓަރުންނެވެ. އެ ކުދިން ކޯސް ފުރިހަމަ ކުރާނީވެސް އެ ސެންޓަރުންނެވެ.

" މުރަކަ ކުދިން" އަކީ މާލެ ވިލިނގިލީގެ ފަރުތަކާއި މުރަކަތަކަށް ދިމާވާ މައްސަލަތައް ބަލައި ދިރާސާ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކެޓެކެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ މުހްޔިއްދީން ސްކޫލްގެ ސްކައުޓުންނާއި މޫދުބުޅާ ޑައިވިން ސެންޓަރާއި ސޭވް ބީޗް މޯލްޑިވްސްއާއި އިނގިރޭސި ވިލާތުގެ ހާޓްފޯޑްޝަޔަރ ގުޅިގެންނެވެ. މި ޕްރޮޖެކެޓަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ހާޓްފޯޑްޝަޔަރގެ ފަރާތުންނެވެ.

މުހްޔިއްދީން ސްކޫލްގެ ސްކައުޓް ލީޑަރު، ޝަފާތު މަނިކު ވިދާޅުވީ " މުރަކަ ކުދިން" ޕްރޮގްރާމަށް ޑައިވިން ކޯސް ހަދާ ފަސް ކުދިންނާއި، މިހާރު ޓްރެއިންވެފައި ހުރި ކުއްޖަކާއެކު ޕްރޮޖެކްޓް ފަށައިގަނެވޭނެ ކަމަށެވެ. ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ޕްރޮގްރާމުގެ ބައެއްގެ ގޮތުން ފަރުތައް މޮނިޓަރ ކުރާނެ ގޮތްތަކާއި ތަފާތު ވައްތަރުގެ މަސްތައް ދެނެގަތުމާއި، ސްނޯކްލިންގެ ބެސިކް ދަރިވަރުން ދަސްކޮށް ދިނުމުގެ މަސައްކަތް ސޭވް ބީޗް މޯލްޑިވްސްއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

" އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ވިލިނގިލީގެ ފަރުތަކާއި މުރަތަކާ ގުޅުން ހުރި މައުލޫމާތު އެއްކޮށް، ފަރުތައް ހިމާޔަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް. މުރަކަތައް ހައްދާ އާލާކުރުންވެސް މީގެ ތެރޭގައި ހިމެނޭނެ" ޝަފާތު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *