13 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް: ކަލާފާނާއި އަޙްމަދިއއްޔާ ފައިނަލަށް

ކަލާފާނު ފައިނަލަށް ދިޔައީ 0-5ން މަޖީދިއްޔާ ބަލިކޮށް، އަހުމަދިއްޔާ ފައިނަލަށް ދިޔައީ 4-5ން މާފުށީ ސްކޫލް ބަލިކޮށްފައި

ފުޓްބޯޅަ އެސޯސީއޭޝަނުން އިމްތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް ތޭރަ އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ކަލާފާނު ސްކޫލާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހިނގެއްޖެއެވެ.
ކަލާފާނު ފައިނަލަށް ދިޔައީ މިރޭ ކުޅުނު ސެމީ ފައިނަލުގައި މަޖީދިއްޔާ ސްކޫލާ ބައްދަލުކޮށް 0-5 ނަތީޖާއަކުންނެވެ.
މި މެޗްގައި ކަލާފާނުގެ ހުސައިން އީހަން އިބްރާހިމް ދެ ލަނޑުޖެހިއެވެ. ދެން ލަނޑުޖެހީ އީތަން އިބްރާހިމް އާއި ޔޫސުފު ރައްޔާން ރިޔާޒެވެ. ކަލާފާނުގެ ފަސް ވަނަ ގޯލަކީ މަޖިދިއްޔާގެ އައިހަމް އަބްދުލް ފައްތާހުގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗްގައި މާފުށީ ސްކޫލާ ވާދަކޮށް އަހުމަދިއްޔާއިން ފައިނަލަށް ދިޔައީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމާ ގުޅިގެން ޕަލަންޓީން 4-5 ގެ ނަތީޖާއަކުންނެވެ.

އަހުމަދިއްޔާއިން ލަނޑުޖެހީ ލުކް އަބްދުﷲ ޖަމީލާއި އަހުމަދު އަޝްހަމް އާތިފާއި އާޔަން މުޙައްމަދު އިބްރާހިމާއި އަޙްމަދު ރަޒާން ރަމްޒީއާއި އަހުމަދު އަޒާން އަބްދުއް ރަހީމެވެ.މާފުށީ ސްކޫލުން ލަނޑުޖެހީ މުޙައްމަދު ޔަޒުދާން އަހުމަދާއި މުޙައްމަދު ނައިކް ބިން އަސަދުއާއި އަޙްމަދު ލީވާންއާއި ޙުސައިން ޝަޔާން މުޙައްމަދެވެ.
މި މުބާރާތުގެ ފައިންލަ އޮތީ މި މަހު 11 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *