ކުޑަފަރީ ސްކޫލްގެ "އާއިލީ މަޖާ"އިން ފެނުނު ތަފާތު މަންޒަރު

ކުޑަފަރީ ސްކޫލްގެ ޕްރީސްކޫލް އުމުރުފުރައިގެ ކުދިންނަށް ކުރިއަށް ގެންދިޔަ އާއިލީ ހަވީރުން ފެނުނު އެންމެ ހިތްގައިމު މަންޒަރަކީ ގޮނޑުދޮށުގައި އިށީދެލައިގެން އިން ޕްރީސްކޫލް އުމުރުގެ ކުއްޖަކު އޭނާއަށްވުރެ ހަގު ނާސަރީގައި އުޅޭ އޭނާ ކޮށްކޮއަށް ކާންދޭ މަންޒަރެވެ. ގޮނޑުދޮށުގައި އިށީދެލައިގެން އުނގުމަތީގައި ތަށިބަހައްޓައިގެން ކައިރީގައި އިން ކޮއްކޮއަށް ސަމްސަލުން ކާންދެމުން ދިޔައެވެ. އެ ފޮޓޯއިން ފެންނަނީ އެ ދެކުދިންގެ އޮތް ގުޅުމެވެ. އަޅާލުމާއި ކުލުނެވެ. މިއީ ކުޑަފަރީ ސްކޫލްގެ " އާއިލީ މަޖާ" އިން ދައްކުވައިދިން އާއިލީ ގުޅުމުގެ މިސާލެވެ.

" އާއިލީ މަޖާ" ކުޑަފަރީ ސްކޫލުން ބާއްވާތާ މިއީ ދެ ވަނަ އަހަރެވެ. މިއަހަރުގެ އާއިލީ މަޖާގައި 28 ދަރިވަރުންނާއި އެ ދަރިވަރުންގެ އާއިލާގެ އިތުރުން އެ ސްކޫލްގެ މުދައްރިސުން ބައިވެރިވިއެވެ.
ކުޑަފަރީ ސްކޫލުން ވަނީ އެ ދެކުދިންގެ ގުޅުމަށް ތައުރީފުކޮށްފައެވެ.

" އަޅުގަނޑުމެންނަށް ފެނުނީ އެ ދެކުދިންގެ އޮތް ގުޅުމާއި ހަމްދަރުދީ، ހުރިހާ ކުދިންނަށްވެސް މިފަދަ ފުރުޞަތު ހޯދައިދިނުމުން އާއިލީ ގުޅުން ބަދަހިވެ، އެ ގުޅުމުގެ މުހިންމުކަން ކުދިންނަށް ވިސްނައިދެވޭ" ކުޑަފަރީ ސްކޫލްގެ ޓީޗަރު، އަހުމަދު ހުސައިން ވިދާޅުވިއެވެ. " ހަމައެކަނި ޕްރީސްކޫލްގެ ދަރިވަރުންނަކަށް ނޫން ފުރުޞަތު ދިނީ. ޕްރީސްކޫލް އުމުރުގެ ކުދިންގެ އިތުރުން ސްކޫލްގައި ނޫޅޭ އެކުދިންގެ އާއިލާގައި ހިމެނޭ ނާސަރީ އުމުރުގެ ކުދިންނަށްވެސް ފުރުޞަތު ފަހިކޮށްދިނިން"

" އާއިލީ މަޖާ" ގައި އެންމެނަށް ބައިވެރިވެވޭ ތަފާތު ކުޅިވަރު ކުޅުން އޮތެވެ. އަދި އެންމެން އެކީގައި ކެއުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ކުޑަފަރީ ސްކޫލުން ފާހަގަކުރެވެއެވެ.
ކުޑަފަރީ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އަށް ކިޔަވައިދޭ ސްކޫލެކެވެ. މިހަރު އެ ސްކޫލްގައި 145 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *