ސެމީގައި ކުޅޭނީ މަޖީދިއްޔާއާއި ކަލާފާނު، އަހުމަދިއްޔާއާއި މާފުށީ ސްކޫލް

އިންޓަރ ސްކޫލް 13 އަހަރުން ދަށުގެ ފުޓް ބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗްގައި ވާދަ ކުރާނީ މަޖީދިއްޔާ ސްކޫލާއި ކަލާފާނު ސްކޫލެވެ. ދެވަނަ މެޗްގައި ކުޅޭނީ އަހުމަދިއްޔާއާއި މާފުށީ ސްކޫލެވެ. މި ދެ މެޗް ކުލޭނީ ވެސް އަށް ވަނަ ދުވަހުގެ ރޭ ގައެވެ.

މާފުށި ސްކޫލަށް ސެމީން ޖާގަ ލިބުނީ ކުއާޓަރ ފައިނަލުގެ ތިން ވަނަ މެޗްގައި އިއްޔެ ހަވީރު ގުރައިދޫ ސްކޫލާ ވާދަކޮށް 1-2 ލަނޑުންނެވެ.

މި މެޗްގެ ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ މާފުށީ ސްކޫލުންނެވެ. ހަވަނަ މިނެޓްގައި މި ލަނޑުޖެހީ މާފުށީ ސްކޫލުގެ ޖާޒީނަމްބަރު 9 މުޙައްމަދު ނައިކު ބިން އަސަދުއެވެ. ގުރައިދޫއަށް އެއްވަރު ކޮށްދިން ލަނޑުޖެހީ 21 ވަނަ މިނެޓްގައި ޖާޒީ ނަމްބަރު 10 ބަރަހް ބިން ޝިމާޒެވެ. މި ނަތީޖާ މެޗް ނިމެމުން ދަނިކޮށް މާފުށީ މޮޅުވީ އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ. މި ލަނޑުޖެހީ ވެސް ނައިކުއެވެ.

ކުއާޓާރ ފައިނަގެ ހަތަރު ވަނަ މެޗްގައި ކުޅުނީ އަހުމަދިއްޔާއާއި ޖަމާލުއްދީނެވެ. މި މެޗް ނިމުނީ 1-2 ން އަހުމަދިއްޔާ މޮޅުވެގެންނެވެ. މެޗްގެ ފުރަތަމަ ލަނޑު އަހުމަދިއްޔާއަށް ކާމިޔާބުކުރީ އެޓީމުގެ މުޙައްމަދު ކިޔާންއެވެ. އެއްވަރު ކުރި ލަނޑުޖެހީ ޖަމާލުއްދީނުގެ މާހިލް މުހައްމަދެވެ. އަހުމަދިއްޔާގެ ލުކް އަބްދުﷲ ޖަމީލު ވަނީ 35 ވަނަ މިނެޓްގައި ލަނޑެއް ޖަހައިގެން އަހުމަދިއްޔާ ސެމީއަށް ގެންގޮސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *