ޣިޔާސުއްދީން ސްކޫލްގެ ސްޕޭސް އެޑިއުކޭޝަން ޕްރޮގްރާމުގެ ދަށުން އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ރާއްޖޭގެ 84 ދަރިވަރަކު ފޮޓޯނަގައިފިއެވެ. މިއީ ރާއްޖޭގައި ދަރިވަރުންތަކެއް ސްޕޭސް ސްޓޭޝަންގެ ކެމެރާ ބޭނުންކޮށްގެން ފޮޓޯނެގި ފުރަތަމަ ފަހަރެވެ.
ސްޕޭސް ސެންޓަރުގެ ކެމެރާއިން ފޮޓޯނެގުމުގައި ޣިޔާސުއްދީން ސްކޫލްގެ 62 ދަރިވަރަކާއި މާލޭގެ އެހެން ސްކޫލްތަކުގެ 22 ދަރިވަރުން ބައިވެރިވިއެވެ. މި ހަރާކާތުގައި 200 ފޮޓޯ ނެގިއެވެ.
ކޮންމެ 90 މިނިޓަކުން އެއް ފަހަރު ރާއްޖެ މަތިން ސްޕޭސް ސެންޓަރު ދަތުރު ކުރެއެވެ. ރާއްޖެ މަތިން މި ސްޓޭޝަން ދަތުރު ކުރީ ށ. ކޮމަންޑޫ މަތިން ގޮސް ހިންނަވަރާ ހަމައަށެވެ. ރާއްޖެއާ ދުރަށް ދިޔައީ އޮޅުވެލިފުއްޓާ ހިސާބުންނެވެ.
މިއީ އިންސްޓިއުޓް ފޯރ ގްލޯބަލް ސަކްސަސް (އައިޖީއެސް) އާ ގުޅިގެން ޣިޔާސުއްދީން ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮޖެކެޓްގެ ދަށުން ދަރިވަރުން ނަގާ ފޮޓޯ ނާސާގެ ޖެޓް ޕްރޮޕަލްސަން ލެބުން ރައްކާކުރާނެއެވެ.
އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްރޮގްރާމްތައް ޣިޔާސުއްދީން ސްކޫލްގައި ފެށުމަށް ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ
ނެކްސްޓް ޖެނަރޭޝަން ސައިންސް ސްޓޭންޑަޑްސް އަށް ފެތޭގޮތަށް ނާސާއިން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނެވެ..
advertisment
ހިޔާލު