މި ޒަމާނުގެ ތަޢުލީމަކީ މަސައްކަތުގެ ހުނަރާ އެކީ އުނގެނޭ ތަޢުލީމެއް: ރައީސް

މިޒަމާނުގެ ތަޢުލީމަކީ މަސައްކަތުގެ ހުނަރާ އެކީ އުނގެނޭ ތައުލީމެއްކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ރިނބުދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރުމަށް އެ ރަށު ސްކޫލްގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށް ދެއްވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މިޒަމާނަކީ ވަކި ގްރޭޑަކާ ހިސާބުން ދަރިން ސްކޫލުން ވަކިކޮށް މަސައްކަތަށް ފޮނިވާ ޒަމާނެއް ނޫން ކަމަށެވެ. އަދި މަސައްކަތެއް ދަސްކޮށް ނުދީ ފިލާވަޅުތައް ހިތުދަސްކުރުވާ ޒަމާނެއްވެސް ނޫން ކަމަށެވެ.
" މިޒަމާނުގެ ތައުލީމަކީ މަސައްކަތުގެ ހުނަރާ އެކީ އުނގެނޭ ތައުލީމެއް. އިލްމާ ނުލައި ކުރާ އެއް ކަމެއް ވެސް މިހާރު ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިޙު ވިދާޅުވީ ވަޑާންކުރުމާއި އޮޑި ދޯނި ފަހަރު ބަނުމާއި، ގެދޮރު އިމާރާތްކުރުން ފަދަ ކޮންމެ މަސައްކަތަކީ އިލްމީ އެތަކެއް ތިއަރީއެއްގެ މައްޗަށް ބިނާކޮށް ތަރައްގީކޮށްފައިވާ މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ދުނިޔެއަށް އަންނަ ތަރައްގީއާ އެއް ހަމައެއްގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ދެމެހެއްޓޭނީ ރައްޔިތުންގެ ކިބައިގައި ތަރައްގީގެ ވިސްނުން ހުރެގެންނެވެ. އެކަންކަން އަޅުގަނޑުމެންނަށް ޙާޞިލް ކުރެވޭނީ ދަރިންނަށް ޒަމާނީ ތަޢުލީމް އުގަންނައި ދީގެންކަން ބަޔާން ކުރައްވައި ރައީސް ވިދާޅުވީ ސިޔާސަތަކީ ހުނަރުވެރި އީޖާދީ ޖީލެއް ބިނާކުރަން ބޭރު ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނީ އެހެންވެއެވެ.

މި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *