ދ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ގޭތެރޭގައި އާންމުކޮށް ކުރަންޖެހޭ ކަންތައްތަކަށް އަމާޒުކޮށްގެން އެކުދިންގެ ހުނަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެއް ދަންފަޅިއަށް އެ ސްކޫލް ބަދަލުކޮށް ކިޔަވައިދޭން ފެށިފަހުން އެ ސްކޫލުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ އެއްބައެވެ.
އެ ސްކޫލުން ވަނީ ދަރިވަރުންނަށް ރޮށިފިހާށާއި އިސްތިރިކުރަން ދަސްކޮށްދޭން ފަށާފައެވެ. މި މަސައްކަތުގައި އެ ސްކޫލްގެ ދެ ޖިންސްގެ ވިއްސަކަށް ދަރިވަރުން ބައިވެރިވިއެވެ. އަދި ދަށު ގްރޭޑް ތަކަށް އަމާޒުކޮށްގެން ޖޯލި ގެތުމުގެ މަސައްކަތްވެސް ދަސްކޮށްދޭން ވަނީ ފަށާފައެވެ.

ދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ޚާލިދު މުޙަންމަދު ވިދާޅުވީ ގޭތެރޭގައި އާންމުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުދިން ލައްވައި ބެލެނިވެރިން ކުރުވަމުން ނުދާކަން މިފަދަ މަސައްކަތް ފެށުމުން އެނގިގެން ދިޔަ ކަމަށެވެ. އެހެންވެ އެ ކުދިންނަށް އެ މަސްއްކަތްތައް ދަސްކޮށްދޭން އެ ސްކޫލުން ފެށީކަމަށެވެ.
" އާންމުކޮށް ފިރިހެން ކުދިން ރޮށިފިހާ، އިސްތިރިކޮށް ނަހަދާ، އެކަމަކު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ އަންހެން ކުދިންގެ ތެރެއިން ގިނަ ކުދިންނަށް އެކަންތައް ކުރަން ނޭނގޭކަން. އެކުދިން ލައްވައި ބެލެނިވެރިން އެ މަސައްކަތްތައް ނުކުރުވާކަން" ޚާލިދު ވިދާޅުވިއެވެ.

އާނާ ވިދާޅުވީ މިފަދަ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދޭން ފެށުމުން އެކުދިންނަށް ކަންތައްތައް ދަސްވެ އަމަލީ ގޮތުން އެ މަސައްކަތްތައް ކުރެވޭ ކަމުގެ އިހުސާސްކުރެވޭ ކަމަށެވެ. މި މަސައްކަތްތައް ދަސްކުރުމުގައި ދެ ޖިންސްގެ ކުދިންގެ ތަފާތެއް ނެތް ކަމަށެވެ.
ދ. އަތޮޅު މަދަރުސާގައި ގްރޭޑް 10އާ ހަމައަށް 200 އެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ކިޔުންތެރިންގެ ޚިޔާލުތައް
ޥަރަށް ރަނގަޅު. މާލޭ ސްކޫލް ތަކުގަވެސް ފަށަން ގޮވާލަން