އަމުރުވެރި ދަރިވަރުންގެ ގޮތުގައި ކަލާފާނު ސްކޫލްގެ 49 ދަރިވަރަކު ހުވާކޮށްފިއެވެ. މި ދަރިވަރުން ހުވާކުރީ އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ.
އަމުރުވެރި ދަރިވަރުންގެ ގޮތުގައި ހިމެނެނީ އެ ސްކޫލްގެ ދަރިވަރުންގެ ތެރެއިން އިސް މަގާމުތަކަށް އިންތިޚާބުވި ދަރިވަރުންނާއި ޕްރިފެކްޓުންގެ ގޮތުގައި ކަނޑައެޅުނު ދަރިވަރުންނެވެ. އެ ސްކޫލް ދަރިވަރުންގެ ތެރެއިން އިސް މަގާމްތަކަށް އިންތިޚާބުކޮށްފައި ވަނީ ސާދަ ދަރިވަރެކެވެ.
ކަލާފާނު ސްކޫލްގެ މި އަހަރުގެ ކެޕްޓަނަކީ 10އޭގެ ޔޫސުފު އަޔާން ރިޒުވީއެވެ. ޑެޕިއުޓީ ސްކޫލް ކެޕްޓަނަކީ 10އޭ ގެ މުޙަންމަދު ނާއިލް ހަފީޒުއެވެ. މީގެ އިތުރުން އިސް މަގާމްތަކަށް ހޮވިފައިވަނީ:
މުޙަންމަދު އާން ހުސައިން، ގޭމްސް ކެޕްޓަން،
އަހުމަދު ރައްޔާން މުޙަންމަދު، ޑެޕިއުޓީ ގޭމްސް ކެޕްޓަން
މީފައު ޝާހިދު، ދިވެހި ލިޗްރަރީ އެސޯސީއޭޝަން ގެ ރައީސް
އީނަތު އަލީ ވަހީދު، އިންގްލިސް ރިޓްރަރީ އެސޯސީއޭޝަންގެ ރައީސް
އާމިނަތު ސަހާ ސައީދު، މާރަނގަ ހައުސް ކެޕްޓަން
އަހުމަދު އަލާން އަލީ، މާރަނގަ ހައުސް ޑެޕިއުޓީ ކެޕްޓަން
އާމިނަތު ޔަލީން ޒުމާން، ވައްލަ ހައުސް ކެޕްޓަން
މަރިޔަމް ޔަހުމާ ޔާސިރު، ވައްލަ ހައުސް ޑެޕިއުޓީ ކެޕްޓަން
ފާތިމަތު ޔުސްފާ އަހުމަދު، ކުރަނގި ހައުސް ކެޕްޓަން
އައިޝަތު މުޙަންމަދު ނިޔާޒު، ކުރަނގި ހައުސް ޑެޕިއުޓީ ކެޕްޓަން
މުޙަންމަދު ޒަހީން އިސްމާއިލް، ހޯރަ ހައުސް ކެޕްޓަން
ޝައިބާ އަހުމަދު، ހޯރަ ހައުސް ޑެޕިއުޓީ ކެޕްޓަން
advertisment
ހިޔާލު