އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ސްކޫލް އޮފް ނާރސިންގ (އެސްއެން) އިން ހޯދައިފިއެވެ. ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ( ފެސްޓް) އިންނެވެ.
ސްކޫލް އޮފް ނާރސިންގ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) ތިން ސެޓުން ބަލިކޮށްގެންނެވެ. އެ ޓީމުން ސެޓް ގެންދިޔައީ 25-09، 25-12 އަދި 25-07 ންނެވެ. ސްކޫލް އޮފް ނާރސިންގ އިން ވަނީ މި މުބާރާތުގެ ތަށި 2020 އަދި 2021 ވަނަ އަހަރު ވެސް ހޯދާފައެވެ.
ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފެސްޓްއިން ހޯދީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް 2-3 ސެޓުން ބަލިކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ކުޅުނީ ވެސް މި ދެޓީމެވެ. ޗެމްޕިއަންކަން ހޯދީ ފެސްޓްއިންނެވެ. މިއީ އެ ފެކަލްޓީން މި މުބާރާތް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިންނަށް ހޮވުނީ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 11 ޔައީޝް ރިފްޢަތު ހަމީދާއި ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 5 މަރިޔަމް ޝަހާއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަހާއެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 17 އަޙްމަދު އިޝާނެވެ.

މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓެއް ކުރި ޓީމަކަށް ހޮވިފައިވަނީ ވެސް ސްކޫލް އޮފް ނާރސިންގއެވެ.
އަންހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިން:
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 2 މަރިޔަމް ނިޝާ
- ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޖަރޒީ ނަންބަރު 1 ރަފްހާ ސަމީރު
- ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަރޒީ ނަންބަރު 4 ފާޠިމަތު ނަޝްފާ
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 2 ސުޙާ އަޙްމަދު ހާފިޒު
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 11 ސުމާ އިބްރާހީމް
- ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޖަރޒީ ނަންބަރު 12 މަލާހާ ނިޔާޒު
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިން:
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޖަރޒީ ނަންބަރު 7 ރަފްހާން އިބްރާހީމް
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 17 މުޙައްމަދު ސަމީން
- ސްކޫލް އޮފް ނާރސިންގެ ޖަރޒީ ނަންބަރު 2 އަލީ ވިޒާމް
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 13 ވިޝާހު އަޙްމަދު
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 4 އަޙްމަދު އަޙްސަން
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޖަރޒީ ނަންބަރު 11 ޔައީޝް ރިފްޢަތު ހަމީދު
އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސްކޫލް އޮފް ނާރސިންގެ ކޯޗު ޝުއައިބު އަހްމަދެވެ. ފިރިހެން ޑިވިޝަނުން ހޮވުނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީގެ ކޯޗު ޞަފްވާން އަހްމަދެވެ.
advertisment
ހިޔާލު