ދާންދޫ ސްކޫލްގެ ލަޔާނާ، އެމްއެންޔޫގެ އިބްރާހީމް، ޖަލާލުއްދީންގެ އަހުނާ، ހިތަދޫ ސްކޫލުގެ ޒީވާ، މަޖީދިއްޔާގެ ޒައިން، އިސްކަންދަރުގެ އިލާން
އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތްލީޓުން ހޮވައިފިއެވެ. އާދިއްތަ ދުވަހު ފެށި މި މުބާރާތް ނިންމާލީ އިއްޔެއެވެ.
މި މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަށް ހޮވުނީ، ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުޙައްމަދާއި، އެމްއެންޔޫގެ އިބްރާހިމް އާދަމާއި، ޖަލާލުއްދީނުގެ އަހުނާ ނިޒާރާއި މަޖީދިއްޔާގެ ޒައިން ޒައިދް އަބްދުﷲއާއި ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރާއި އިސްކަންދަރު ސްކޫލުގެ މުޙައްމަދު އިލާން އިމްރާނެވެ.
ޢުމުރުފުރާ ތަކުން އެންމެ މޮޅު އެތްލީޓުން
20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް

އާމިނަތު ލަޔާނާ މުޙައްމަދު ދާންދޫ ސްކޫލް –
- 100މ، 200މ އަދި 400މ ރަންމެޑަލް
- 100މ، 400މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް
20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް

އިބްރާހީމް އާދަމް- އެމްއެންޔޫ
- 800މ، 1500މ އަދި 5000މ ރަންމެޑަލް
17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް.

އަހުނާ ނިޒާރު – ޖަލާލުއްދީން ސްކޫލް
- 100މ، 200މ އަދި ޓްރިޕަލް ޖަމްޕް ރަންމެޑަލް
- 100މ އަދި 200މ ޢުމުރުފުރާގެ ރިކޯޑް
- ޓްރިޕަލް ޖަމްޕް ގައުމީ ރިކޯޑް
17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް.

ޒައިން ޒައިދް ޢަބްދުﷲ – މަޖީދިއްޔާ ސްކޫލް
- 800މ އަދި 1500މ ރަންމެޑަލް
- 1500މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް
15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް

އާމިނަތު ޒީވާ އާމިރު- ހިތަދޫ ސްކޫލް
- 200މ އަދި 400މ ރަންމެޑަލް
15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް

މުޙައްމަދު އިލާން އިމްރާން – އިސްކަންދަރު ސްކޫލް
- 100މ، 200މ އަދި ލޯންގް ޖަމްޕް ރަންމެޑަލް
- 100މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް
ޢުމުރުފުރާ ތަކުން އެންމެ މޮޅު ސްކޫލްތައް
20 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަން

- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
20 އަހަރުންދަށުގެ އަންހެން ޗެމްޕިއަން

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
17 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަން

- މަޖީދިއްޔާ ސްކޫލް
17 އަހަރުންދަށުގެ އަންހެން ޗެމްޕިއަން

- ޝަރަފުއްދީން ސްކޫލް
15 އަހަރުންދަށުގެ އަންހެން ޗެމްޕިއަން

- ކަލާފާން ސްކޫލް
15 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަން

- އިސްކަންދަރު ސްކޫލް
13 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަން

- މިލަންދޫ ސްކޫލް
13 އަހަރުންދަށުގެ އަންހެން ޗެމްޕިއަން

- ޢަފީފުއްދީން ސްކޫލް
advertisment
ހިޔާލު