އިންޓަރ ސްކޫލް ކުރިކެޓް މުބާރާތް: ސަތާރަ އަަހަރުން ދަށުގެ ޗެމްޕިއަންކަން ތާޖުއްދީނަށް

ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ސަތާރަ އަހަރުން ދަށުގެ ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދައިފިއެވެ. ތާޖުއްދީން ވާދަކުރީ އަމީނިއްޔާ ސްކޫލާއެވެ.
އަމީނިއްޔާގެ މައްޗަށް ތާޖުއްދީނުން ކުރި ހޯދީ ތިން ލަނޑުގެ ތަފާތަކުންނެވެ. ދިހަ އޯވަރުގެ ތެރޭގައި ތާޖުއްދީނަށް 113 ލަނޑު ހެދުނުއިރު، އަމީނިއްޔާއަށް ހެދުނީ 110 ލަނޑެވެ.

ތިން ސްކޫލަކުން ބައިވެރިވި މުބާރާތުގެ ތިން ވަނައަށް ދިޔައީ ހިރިޔާ ސްކޫލެވެ. މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ވަނީ ހޮވާ އިނާމު ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ތާޖުއްދީން ސްކޫލްގެ ތިން ދަރިވަރުންނާއި އަމީނިއްޔާ ސްލޫލްގެ ދެ ދަރިވަރުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ އާމިނަތު އަޒުކާއެވެ. ދެވަނައަށް ދިޔައީ އަމީނިއްޔާގެ އައިޝަތު ނަޖޫދުއެވެ. ތިން ވަނައަށް ދިޔައީ އަމީނިއްޔާގެ ސްކޫލްގެ ކުޅުންތެރިއެއް ކަމުގައިވާ ފާތިމަތު ޔޫހާއެވެ. ހަތަރުވަނައަށް ދިޔައީ ތާޖުއްދީން ސްކޫލްގެ މަރިޔާމް ލީނާއެވެ. ފަސްވަނައަށް ދިޔައީ ތާޖުއްދީން ސްކޫލްގެ ޝައްފާ އަލީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *