ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން 38 ސްކޫލެއްގައި ކިޔަވައިދޭން ފަށަނީ

ހޮލޯގޯ އެޕްލިކޭޝަން ބޭނުންކޮށްގެން ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޕައިލެޓް ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފިއެވެ. މި އެޕްލިކޭޝަނަކީ އައިލެންޑާސްއާއި ލޫޕްކްރާފްޓް ޓެކްނޮލޮޖީ ގުޅިގެން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދިރާގާއި މަމްސް އެންޖީއޯއާ ގުޅިގެންނެވެ.

ހޮލޯގޯއަކީ އޯގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ބޭނުން ކޮށްގެން ކިޔަވާދޭނީ ފުރަތަމަ 38 ސްކޫލެއްގައެވެ. މި އެޕްލިކޭޝަން ދިރާގު ޓީވީ މެދުވެރިކޮށް ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމުގެ ކާމިޔާބީއަށް ބަލައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް މި އެޕްލިކޭޝަން ފުޅާ ކުރަން ވަނީ ނިންމާފައެވެ. އަވަށްޓެރި ލަންކާގެ ބައެއް ސްކޫލްތަކުގައިވެސް މި އެޕްލިކޭޝަން ދަނީ ބޭނުން ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *